Advertisement
ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 22:28
ފުލުހުން ހޯދަން އިއުލާނުކުރި މުހައްމަދު ރުބެލް
ފުލުހުން ހޯދަން އިއުލާނުކުރި މުހައްމަދު ރުބެލް
ގޫގުލް
ކުށްކުރުން
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ޙޯދަން އިއުލާނުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 29 އަހަރުގެ މުހައްމަދު ރުބެލް ކަމަށެވެ.

މުހައްމަދު ރުބެލް ހޯދަމުންދަނީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މުހައްމަދު ރެބެލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791814 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް