ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 22:42
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
5 އަހަރުވީ އިރު ވަޑައިނުގަތް ދިއްދޫއަށް ޔާމީން ކުރައްވާ ދަތުރުފުޅަކީ ރައްޔިތުން ބަލައިގަންނަން ޖެހޭ އަދި މަރުޙަބާ ކިޔަންޖެހޭ ކަމެއް ވެސް ނޫން: މެމްބަރު ލަތީފް
5 އަހަރުތެރޭ ރައީސް ޔާމީން ދިއްދޫއަށް ވަޑައިގަންނަވަނީ އަލަށް
ދިއްދޫގެ ތަރައްޤީއަށާއި، ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިދިޔަ 5 އަހަރުތެރޭ ނުފުއްދޭ
ސަރުކާރުން ދިއްދޫއަށް ކޮށްދެމުން އައި ގިނަ ކަންކަން ވަނީ ހުއްޓުވާފައި

މާލެއިން ފުރައިގެން ގަޑިއެއްހާ އިރު ދެވޭ ހިސާބުގައި އޮތް ހއ. ދިއްދޫއަށް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި މިވީ ހުރިހާ ދުވަހު ވަޑައިނުގެން، އިންތިޚާބަށް 2 މަސް ދުވަހަށްވުމުން ވަޑައިގަތުމަކީ އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަން ޖެހޭ ނުވަތަ އެއްވެސް ގޮތަކަށް ބަލައިގަންނަން ޖެހޭ ކަމެއް ނޫން  ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން، މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންގާރަ ދުވަހު ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން ނެރުއްވި ބަޔާނެއްގައެވެ. ރައީސް ޔާމީންގެ މިދަތުރުފުޅަކީ، ދިއްދޫގެ ފެނުގެ ނިޒާމް ހުޅުއްވައިދެއްވުމާއި، ދިއްދޫ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމާއި، ދިއްދޫގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ނަމުގައި ކުރައްވާ ކެމްޕޭން ދަތުރުފުޅެއްކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

ލަތީފް ވިދާޅުވީ ދިއްދޫގެ ތަރައްޤީއަށާއި، ޒުވާނުންނަށް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިދިޔަ 5 އަހަރުތެރޭ ނުފުއްދޭ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ދިއްދޫއާއި ދާއިރާގެ ތަރައްޤީއަށް ލަތީފް އަމިއްލަފުޅަށް މަސައްކަތްކުރައްވައި، މަޖިލިސް ތެރެއިން ދައުލަތުގެ ބަޖެޓުން ގިނަ ކަންކަން ކޮށްދެއްވި ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، ލަތީފްގެ މަޖިލިސް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ސަރުކާރުން ދިއްދޫއަށް ކޮށްދެމުން އައި ގިނަ ކަންކަންވެސް ހުއްޓުވާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައާއި، ސަރުކާރުގެ ތެރޭގައި ދިއްދޫ ރައްޔިތުންގެ އަޑު އުފުލަން އިންތިޚާބުކޮށްފައި ހުރި މެމްބަރު، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އުޞޫލުތަކާއި ޚިލާފަށް ސަރުކާރުން ހިންގާފައިވާ މާފުކުރެވެން ނެތް ބޮޑު ޖަރީމާއެއް ކަމަށާއި، ދިއްދޫ ރައްޔިތުންނަށް ސަރުކާރުން ދިން އެންމެ ބޮޑު އަނިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އިންތިޚާބު ބޯމަތިވުމުން ހަތިޔާރުއެޅި ސިފައިންނާއި ކޯޓު އަމުރުތަކާއިއެކު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި، ހައްދަވަމުން ގެންދަވާ އިތުރުފުޅުތަކަކީ ދިވެހި ޒުވާނުންނާއި އާއްމު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ޖުލައި 2018 | އަންގާރަ 13:24
ބަސްފޮތް..
Male in flighteh ga furaigen ves gadieh haairakun nudheveyne dhidhoo akah.. latheef ge fenvareh urapeh netheema dhidhoo ah raees nudhiyaee kurin