ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 19:46
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ކުރީގެ ރައީސް ނަޝީދު
ހަތް ވޯޓުފޮށި ބަހައްޓަން ނިންމުމަކީ ރިސޯޓުގެ މުއައްޒަފުންގެ ހައްގުތަކަށް އަރައިގަތުން: ރައީސް ނަޝީދު
ރާއްޖޭގައި 130 އަށް ވުރެ ގިނަ ރިސޯޓް އޮވޭ
އެންމެ ފަހުން ބޭއްވި އިންތިޚާބުގައި 40 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައި

އިލެކްޝަންސް ކަމިޝަނުން ނިންމި ނިންމުމަކީ ރިސޯޓުތަކުގެ މުއައްޒަފުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހަތް ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ނިސްބަތުން ރިސޯޓުތަކުގައި ވޯޓުލާ މީހުން ގިނަ ކަމަށެވެ. އަދި އޭގެ ތެރެއިން 70 ޕަސެންޓަކީ ޑިމޮކްރެޓިކް ޕާޓީތަކަށް ވޯޓުލާ މީހުން ކަމަށް ނަޝީދުގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އިލެކްޝަންސް ކަމިޝަނުން ނިންމި ނިންމުމަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
 

 

ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ހަތް ރިސޯޓަކީ ކުރަމަތި އައިލެންޑް ރިސޯޓާއި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި، ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާއާއި، ބަނޑޮސް މޯލްޑިވްސްއާއި، ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި، ކުރެއްދޫ އައިލެންޑް ރިސޯޓާއި، ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސްއެވެ.

ރާއްޖޭގައި 130 އަށް ވުރެ ގިނަ ރިސޯޓް އޮންނައިރު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓްގައި ވޯޓު ފޮށި ބަހައްޓާތީ ސިޔާސީ ޕާޓީތަކާއި އާންމުން ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ އިރު މިއީ އެފަރާތްތަކަށް ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުން ކަމަށް އެފަރާތްތަކުން ދެކެއެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި 40 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
17 ޖުލައި 2018 | އަންގާރަ 14:43
އަލީ
ކޮންވެރިކަމަގަތޯ ރިސޯޓުތަކުގެ މުވައްޒަފުންނަ އަޅާލީ....