Advertisement
ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 21:09
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި
ސަން
ކައުންސިލް އިންތިހާބު
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ނުގެންދާތީވެ ރައްޔިތުން ތިބީ ރުޅިގަދަވެފައި

މިއަދުގެ ސަރުކާރަށް ރައްޔިތުން އެއްވެސް މިންވަރަކަށް އިތުބާރުނުކުރާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރ. މީދޫގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވީ ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން އުފައްދާ އެންމެ ބޮޑު ސުވާލަކީ، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން އެއްވެސް މިންވަރަކަށް މަސައްކަތްކުރޭތޯކަން ކަމަށް އަބްދުﷲ ޝަހިދު ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމްގެ ދަށުން ރާއްޖެ ހިންގުމަށް ސަރުކާރުން ހަޤީޤަތުގައި ބޭނުންވޭތޯ. އެ ސުވާލު އުފެދެން ދިމާވި އެންމެ ބޮޑު ސަބަބަކަށްވަނީ، ލާމަރުކަޒީ އިންތިހާބާއި ދިމާކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއިން ކޯޓަށް ގޮސް، ހަ ސަތޭކައަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލައިފައިވަނިކޮށް، އިންތިހާބު ފަސްކުރިކަން. ރައްޔިތުން އުފައްދާ ސުވާލަކީ ރައްޔިތުން މިއަދު ބޭނުންވަނީ މާލޭގެ ފިނި ކޮޓަރިތަކުގައި ތިބެގެން ރައްޔިތުންގެ ކަންކަން ނިންމަންތޯ،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރަމުން އަންނާތީވެ، އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައްޔިތުން މިއަދު ގަބޫލުކުރޭ، ސަރުކާރުން އިސްރާފުކުރަމުން އަންނަނީ ރައްޔިތުންގެ ފައިސާ ކަމަށް. އެއް ގޮތަކަށްވެސް އެއީ (ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް) ސަރުކަރުގެ ހެޔޮފުޅުކަމުންކޮށްދޭ ކަންތައްތަކެއް ނޫން. ސަރުކާރާއި ދޭތެރޭ ރައްޔިތުން އެއްވެސް މިންވަރަކަށް އިތުބާރެއް ނުކުރޭ" އަބްދުﷲ ޝަހިދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް