ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 11:44
ވޯޓުލުމަށް ރަޖިސްޓްރޭޝަންގެ ކަންކަން ބާޖަމާލުއްދީންގައި ކުރިއަށްދަނީ
ވޯޓުލުމަށް ރަޖިސްޓްރޭޝަންގެ ކަންކަން ބާޖަމާލުއްދީންގައި ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓްލުމަށް ރިރަޖިސްޓްރީ ވުމުގެ ފުުރުސަތު ހުޅުވާލައިފި
ޖުލައި 17 އިން އޮގަސްޓް 11 އަށް ކުރިއަށްދޭ
ފޯމު ބަލައިގަތުން ފަށަނީ 08:30 ހުން ފެށިގެން
އަތޮޅު ތެރޭގައި ކައުންސިލްތަކުން ފޯމު ބަލައިގަންނާނެ

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލުމަށް ރިރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރިރަޖިސްޓްރޭޝަނަށް ފުރުސަތު އޮންނާނީ ޖުލައި 17 އިން ފެށިގެން އޮގަސްޓް 11 ގެ ނިޔަލަށެވެ.

ރިރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަންޖެހޭނީ މާލޭގައި ނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒަށާއި ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ އަދި ފުވައްމުލަކުގައި ނަމަ ސިޓީ ކައުންސިލް އިދާރާއަށެވެ. ހުޅުމާލޭގައިނަމަ ހުޅުމާލޭ ޔޫތު ސެންޓަރުގެ އެއް ވަނަ ފަންގިފިލާއިން އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ގާއިމުކުރާ މޯބައިލް ސްޓޭޝަނުންނެވެ.

ރިރަޖިސްޓްރީކުރުމުގެ ފޯމާއެކު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހެ އެވެ.

ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ރިރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލާފައިވާއިރު މޮނިޓަރުންނާއި އޮބްޒާވަރުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23 އިން ފެށިގެންނެވެ. މީގެ އިތުރުން ކެންޑިޑޭޓުން ކުރިކަތި ލުމަށްވެސް އެދުވަހު ފުރުސަތު ހުޅުވާލާނެއެވެ. އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން އިއުލާނު ކުރުމާއި ކެމްޕެއިނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓުގައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިނަލް ވޯޓާސް ލިސްޓު އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ޖުލައި 2018 | އަންގާރަ 04:48
Gģgf
ތަޖުރިބާ ނެތް ގޮތްނޭނގޭ ވެރިޔަކު ރައްޔިތުން ބޭނުން ނު hahahaa