ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 08:55
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ރާއްޖެއެމްވީ
ފަލަ ސުރުހީ
އިދިކޮޅު ފަރާތްތަކާ މަޝްވަރާނުކޮށް ދެން ސަލާމަތެއް ނުވާނެ: ޝިފާޒު
އެމްޑީޕީން ވެސް ބޭނުން ވަނީ މަޝްވަރާ ކޮށްގެން މިކަން ހައްލުކުރަން
ބައެއްގެ ފިއްތުން ތަކުގައި ތާށިވެގެން ތިބުމަކީ ރަނގަޅު އަދި ފަސޭހަކަމެއް ނޫން
ޖުމްލަކޮށް މުޅި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ އަސަރު ކުރާނެ

ޔޫރަޕިއަން ޔޫނިއަނުން ދިވެހި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އަޅާނެ ފިޔަވަޅަށް އޮތް ހައްލަކީ ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުން ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ޝިފާޒް ވިދާޅުވީ އެމްޑީޕީން ވެސް ބޭނުން ވަނީ މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރަން ކަމަށާއި ބައެއްގެ ފިއްތުން ތަކުގައި ތާށިވެގެން ތިބުމަކީ ރަނގަޅު އަދި ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ދިވެހިރާއްޖޭގެ މުޅި އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮންނައިރު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަޅައިފިނަމަ މުޅި ދުނިޔެއިން ދިވެހިރާއްޖެ އާއިމެދު ދެކޭ ދެކުން މިހާރަށް ވުރެ ގޯސްވެ މުޅި މުސްތަގްބަލު ގެއްލިގެންދާނެ ކަމަށް ޝިފާޒު ފާހަގަކުރެއްވެވި އެވެ. މުޅި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ގެއްލުން ފޯރާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ. 

އެކަން ހައްލު ކުރުމަށް ހަނި ފުރުސަތެއް އެބަ އޮތް ކަމަށާއި އެއީ ދިވެހި ސަރުކާރުން އިދިކޮޅު ފަރާތްތަކާއިއެކު އަވަހަށް މަޝްވަރާކުރުން ކަމަށެވެ. އެނޫން ގޮތަކަށް މި ރާއްޖެ ދެން ސަލާމަތް ކުރެވެން ނެތް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެ މަޝްވަރާ ވާން ޖެހެނީ ބައިނަލް އަގްވާމީ ފަރާތްތަކުން މެދުވެރިއެއްގެ ރޯލް އަދާކުރާ މަޝްވަރާއެއް ކަމަށާއި އެ މަޝްވަރާ ވާންޖެހޭނީ ވަގުތު ކަނޑައެޅިފައި އޮތް މަޝްވަރާއަކަށް ކަމަށެވެ.

"އެމަޝްވަރާ ވާން ޖެހޭނީ އެ މަޝްވަރާގައި ހިނގަނީ ކޮން ކަމެއްކަން އެނގިގެން ވަގުތު ކަނޑައެޅިގެން ބޭރުގެ ފަރާތްތަކުން ޚާއްސަކޮށް އދ އިން މެދުވެރިއެއްގެ ރޯލް އަދާކުރާ މަޝްވަރައަކަށް،" ޝިފާޒް ވިދާޅުވިއެވެ.

މިއީ ސަރުކާރުން ގަދަބަސް ބުނަންވީ ވަގުތެއް ނޫން ކަން ފާހަގަ ކުރައްވައި ޝިފާޒު ވިދާޅުވީ މިއީ ސަރުކާރުން ފަހަތަށް ފިޔަވަޅެއް އަޅަން ޖެހިފައިވާ ވަގުތެއް ކަމަށެވެ. އަދި މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް ބައިވަރު އެބަހުރި ކަމަށާއި އެކަންކަން ކުރުމުން ނޫނީ ދެން މިރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ ވެރިންނާއި ބައެއް ވިޔަފާރިވެރިންނާމެދު ފިޔަވަޅު އަޅާނެ އޮނިގަނޑެއް އީޔޫއިން ހޯމަ ދުވަހު ފާސްކޮށްފައިވާއިރު، އެއީ ސަމާސާއެއް ނޫން ކަމަށް ޝިފާޒު ވިދާޅުވި އެވެ. މިހާރު ރާއްޖެއަށް ލިބިފައި މިވާ ވަގުތު އަތުން ބީވެގެން ހިނގައްޖެ ނަމަ ދެން ގައުމު ވެއްޓިގެންދާ ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 ޖުލައި 2018 | އަންގާރަ 07:31
ހ މ ޒ
އިސްތިގުލާލާއި ސިޔާދަތު ދެމެހެއްޓުމުގައި ރައީސް ޔާމީން އަކީ ރާއްޖޭގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ލީޑަރެކެވެ. އިބްރާހިމް ނާސިރު އިނގިރޭސީންގެ ކުރިމަތީގައި ދެއްކެވި ފަދަ ހިތްވަރެއް ރައީސް ޔާމީން ބައިނަލްއަޤުވާމީ މައިދާނުގައި ދައްކުވައި ދެއްވައިފިއެވެ. ދީނީ މިނިވަންކަން ރާއްޖޭގައި ދިނުމަށް ގޮވާލާ ވަރުގަދަ ގޮވާލުންތަކުގެ ކުރިމައްޗަށް ނިކުމެ، އެގޮވާލުންތަކާއި ވަރަށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދިއުމަކީ ރައީސް ޔާމީން ދިވެހިރާއްޖެ އަށްޓަކައި އަދި ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ވަރަށް ފުރިހަމަ ޖިހާދެކެވެ. ރައީސް ޔާމީން ހުޅަނގުގެ ފޭވަރިޓަކަށް ނުވެގެން އުޅޭ ސަބަބަކީ ވެސް އެއީ އެވެ.
17 ޖުލައި 2018 | އަންގާރަ 07:26
ހ މ ޒ
އީޔޫއަށް ވިސްނައިދީފައި އޮތީ ރާއްޖޭގައި ރިޔާސީ އިންތިޚާބު ނުބާއްވާ ދެވަނަ ދައުރަކަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށާއި، ވެރިކަމަށް ކުރިމަތިލާ ހުރިހާ މީހުން ޖަލަށް ލާނެ ކަމަށް.
17 ޖުލައި 2018 | އަންގާރަ 07:23
ޟިފާޒު
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
17 ޖުލައި 2018 | އަންގާރަ 07:18
ޟިފާޒު
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މަރުހަބާ ވިދާޅުވެ މަޝްވަރާއަށް އައުމަށް އަނެއްކާވެސް ދައުވަތު ދެއްވައިފިއެވެ.
17 ޖުލައި 2018 | އަންގާރަ 07:16
ހ މ ޒ
މަޝްވަރާގެ މޭޒަށް އައުމަށް އަނެއްކާވެސްް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދީފި!
17 ޖުލައި 2018 | އަންގާރަ 07:06
އަހުމަދު
މުއްދަތު ހަމަވިއިރު ވެސް އިންޑިއާ އިން ހެލިކޮޕްޓަރުތައް ނުގެންދޭ؟
17 ޖުލައި 2018 | އަންގާރަ 07:04
ހ މ ޒ
އިސްރާއީލް އިން 2014 ވަނަ އަހަރު ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއްދީ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ގޮތައް އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލުމުން އިސްރާއީލާއި ދެކޮޅަށް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކުރިއެވެ. ނަމަވެސް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ފެޑެރިކާ މޮގެރިނީ ވިދާޅުވީ އިސްރާއީލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމުގެ އެއްވެސް ވިސްނުމެއް އީޔޫ އިން ނުގެންގުޅޭ ކަމަށެވެ.
17 ޖުލައި 2018 | އަންގާރަ 07:02
ހ މ ޒ
އީޔޫ އިން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު ނާޅަނީ ކީއްވެ؟