ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 07:50
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
އަޒުމޫން އަހުމަދު
ދިވެހިރާއްޖޭގެ ހައިކޯޓް
އިލްހާމްގެ ބަންދުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައި ކޯޓްގައި!
އަމުރުގައި ވަނީ އަންގާރަ ދުވަހުގެ 10:00 އަށް ކޯޓަށް ހާޒިރު ވުމަށް
އަމުރު ބާތިލް ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބާއްވާ މިއީ ފުރަތަމަ އަޑުއެހުން

ޝަރިޢަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ބަންދުކޮށްފައިހުރި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ހައި ކޯޓުން އިލްހާމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރަށް ފޮނުއްވަފައިވާ ކޯޓަށް ހާޒިރު ވުމުގެ އަމުރުގައި ވަނީ އަންގާރަ ދުވަހުގެ 10:00 އަށް ކޯޓަށް ހާޒިރު ވުމަށެވެ. އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ދައުވާކުރާ ފަރާތުގެ ވަކީލުގެ ހައިސިއްޔަތުން ކަމަށެވެ. ޝާރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބާއްވާ މިއީ ފުރަތަމަ އަޑުއެހުމެވެ.

އިލްހާމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާއާ ގުޅިގެންނެވެ.

އިލްހާމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ގާނޫނު އަސާސީއިން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ، އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގައި އެ ބޭފުޅުންގެ ބައިވެރިވުން އޮތް ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ. އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފް މެދުވެރިވެގެން ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވާފައިވާ ކަމަށް ވެސް މި ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް