ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 11:45
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކާ ފައިސަލް ބައްދަލުކުރައްވަނީ
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކާ ފައިސަލް ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ކަންކަން މެނިފެސްޓޯގައި ހިމަނާނަން: ފައިސަލް
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައުލޫމާތު ވަނީ އޮޅުން ފިލުވާފައި
ގިނަ ކަންތައްތަކެއް އަދިވެސް ކުރަންޖެހޭކަން ފާހަގަކުރެވޭ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ގާތުން ބަލައި އެކަންކަމަށް ހައްލު ހޯދަން މެނިފެސްޓީގައި ހިމަނާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ޖަމާއަތްތަކާއެކު ފައިސަލް ވަނީ މ. ކުނޫޒުގައި ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހާސިލް ކުރަން ބޭނުންވާ ކަންކަން އޮޅުން ފިލުއްވި އެވެ. މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ލޯފަން މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ، ބްލައިންޑް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ)ގެ އިސްވެރިންނެވެ.

މި ބައްދަލުވުމަށްފަހު ފައިސަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އޮޅުން ފިލުވައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން މިދެނީ، ހާއްސައެހީއަށް ބޭނުންވާ މީހުންގެ ސެކްޓަރގެ ކަންކަން ވަރަށް ގާތުން އެންމެ މުހިއްމު ކަމެއް ދީގެން ކުރަން. ދެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެފަދަ ކުދިން އައިޑެންޓިފައި ކުރެވިގެން ދެވެންޖެހޭ އެޑިއުކޭޝަން އަދި ތެރެޕީތައް ދެވިގެން ތަފާތު އެކި އެކި މަސައްކަތްތައް ދަސްކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދާނަން." ފައިސަލް ވިދާޅުވިއެވެ.

 ފައިސަލް ވިދާޅުވީ، ހާއްސައެހީއަށް ބޭނުންވާ މީހުންގެ ޢާއިލާތަކަށް ވެސް އެންމެ ބޮޑަށް ބޭނުންވާނީ ހާއްސައެހީއަށް ބޭނުންވާ ކުދިންނަކީވެސް މުޖުތަމައުގައި ބޭނުން ހިފޭ ކަންތައްތަކެއް ދަސްކުރެވިފައިވާ ކުދިންނަށް ވުން ކަމަށެވެ. މިކަން ވެގެންދާނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަން ދެމެހެއްޓެނިވި ގޮތްތަކަކަށް ކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށާއި ގުޅިފައިވާ މެނިފެސްޓޯގެ ތެރެއިންވެސް މިފަދަ ކަންކަން ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް