ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 00:14
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ފައިސަލް ނަސީމް
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ފައިސަލް ނަސީމް
މުހައްމަދު ޝަރުހާން
ފައިސަލް ނަސީމް
ވީހާވެސް ގިނަ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ގޮވާލަން: ފައިސަލް
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެންމެ ހަތް ރިޒޯޓުގައި

ރިޒޯޓުތަކުގައި މަސައްކަތް ކުރާ ދިވެހީންނަށް ފަސޭހަކަމާއެކު ވޯޓު ލެވޭނެ އިންތިޒާމް ހަމައްޖައްސައި ދޭން ޖެހޭނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް، ފައިސަލް ނަސީމް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.  

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި އެންމެ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ވީހާވެސް ގިނަ ރިޒޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.  

އެންމެފަހުން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ 42 ރިޒޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ އިރު އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެންމެ ހަތް ރިޒޯޓުގައެވެ.

ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު މަދުކޮށްފައިވާތީ، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމުން އެއީ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށެވެ. ހޯމަ ދުވަހު ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ދިވެހިން އެތައް ބައިވަރު ރިސޯޓުތަކެއްގައި ވަޒީފާ އަދާކުރަމުން އަންނައިރު، އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއަދު މި ފެންނަނީ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަން ވޯޓުލުމުގެ ހައްގު ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައިއިގަންނަމުން ދާތަން ކަމަށް މާރިޔާ ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް