ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 20:54
މިދިޔަ އަހަރުގެ ވޯޓަސް ލިސްޓްގައި ފާހަގަ ޖަހަނީ: މިއަހަރު ވޯޓަސް ލިސްޓްގައި ފޮޓޯޖަހާފައެއް ނުހުންނާނެ
މިދިޔަ އަހަރުގެ ވޯޓަސް ލިސްޓްގައި ފާހަގަ ޖަހަނީ: މިއަހަރު ވޯޓަސް ލިސްޓްގައި ފޮޓޯޖަހާފައެއް ނުހުންނާނެ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރިރަޖިސްޓްރީ ވާނެ ތަންތަން އިއުލާނުކޮށްފި
މާލޭގައި ފޯމު ބަލައިގަތުން ކުރިއަށްދަނީ ބާ ޖަމާލުއްދީނުގައި
ރަށްރަށުގައި ކައުންސިލް އިދާރާތަކުންވެސް ފޯމު ލިބޭނެ

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ރިރަޖިސްޓްރީ ކޮށްދޭނެ ތަންތަން އިއުލާނުކޮށްފި އެވެ. 

ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރިރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު، މުއްދަތު ހަމަވާނީ އޮގަސްޓް 11 އަށެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރިރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަންޖެހޭނީ މާލޭގައި ނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިހާބީ މަރުކަޒަށާއި ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ އަދި ފުވައްމުލަކުގައި ނަމަ ސިޓީ ކައުންސިލް އިދާރާއަށެވެ. ހުޅުމާލޭގައިނަމަ ހުޅުމާލޭ ޔޫތު ސެންޓަރުގެ އެއް ވަނަ ފަންގިފިލާއިން އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ގާއިމުކުރާ މޯބައިލް ސްޓޭޝަނުންނެވެ. 

ރިރަޖިސްޓްރީކުރުމުގެ ފޯމާއެކު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހެ އެވެ. 

ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް