ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 20:10
ފޯކައިދޫ މަރިޔާދު މައިޒާން
ފޯކައިދޫ މަރިޔާދު މައިޒާން
ގޫގުލް
ކުޑަކުދިންގެ ޕާކް
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
އެ ޕާކްގެ ހުރިހާ ޚަރަދެއް ކުރީ ފޯކައިދޫ ކައުންސިލުން

ށ. ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި އެވެ.

"މަރިޔާދު މައިޒާން"ގެ ނަމުން ނަންދީފައިވާ އެޕާކް ހުޅުވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު އެވެ. އެޕާކް ހުޅުވައިދެއްވީ ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު އެވެ.

ފޯކައިދޫ ކައުންސިލުން މަރިޔާދު މައިޒާން ހަދާފައިވާއިރު، އެޕާކް ހެދުމުގައި ފޯކައިދޫ ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)ގެ އެހީތެރިން ލިބިފައިވާ ކަމަށާއި އަދި ފޯކައިދޫ ރައްޔިތުންގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް ފޯކައިދޫ ކައުންސިލް ބުނެ އެވެ.

މަރިޔާދު މައިޒާނުގެ ބިންގާ އަޅާފައިވަނީ 2012 ވަނަ އަހަރު އެވެ.

- ކޮމެންޓް