ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 00:12
ނޯރވޭ ސަފީރު (ވ) އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަނީ
ނޯރވޭ ސަފީރު (ވ) އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަނީ
އެމްޑީޕީ
ބޭރުގެ ސަފީރުން
ނޯރވޭ ސަފީރު އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވައިފި
ބައްދަލުކުރެއްވީ ހޯމަ ދުވަހު އެމްޑީޕީ އޮފީހުގައި
މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ބެހޭ ގޮތުން ސަފީރަށް މައުލޫމާތު އަރުވާފައިވޭ

ނޯރވޭއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓީ. ގައުސްޓަޑްސެތަރ އިދިކޮޅު ފަރާތްތަކާއި ބައްދަލު ކުރައްވައިފިއެވެ.

އެމްޑީޕީ އޮފީހުގައި ހޯމަ ދުވަހު ބޭއްވި މި ބައްދަލު ކުރެއްވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދެވެ. މީގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި، ގުޅިފައިވާ ޕާޓީތަކުގެ މަންދޫބުން މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ. 

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގުޅިފައިވާ ޕާޓީތަކުގެ މަންދޫބުން

ބައްދަލުކުރެއްވުމަށް ފަހު ޝާހިދު ވިދާޅުވީ މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ބެހޭ ގޮތުން ސަފީރަށް މައުލޫމާތު އަރުވާފައިވާ ކަމަށެވެ. 

ނޯރވޭގެ ސަފީރަށް ރާއްޖޭގެ ޙާލަތާއި އިންތިޚާބާއި ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން މައުލޫމާތު އެރުވިއިރު، ހޯމަ ދުވަހު ވިލާތުގެ އިއްތިޙާދުން ވަނީ ރާއްޖޭގެ ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ އޮނިގަނޑު ފާސްކޮށްފައެވެ. ނޯރވޭއަކީ އުތުރު ޔޫރަޕްގެ ޤައުމަކަށް ވިޔަސް، އެޤައުމަކީ ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމެއް ނޫނެވެ. އެހެން ނަމަވެސް ވިލާތުގެ އިއްތިޙާދާއި ގުޅިގެން އިޤްތިޞާދީ ގިނަ ޙަރަކާތްތަކެއް ހިންގަމުންދާތީ، ވިލާތުގެ އިއްތިޙާދުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް، ޚާއްސަކޮށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނޯރވޭއިން ވެސް އެއްބާރުލުން ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް