ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 18:37
އިނގިރޭސި ޚާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރ މާރކް ފީލްޑް
އިނގިރޭސި ޚާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރ މާރކް ފީލްޑް
ސޯޝަލް މީޑިއާ
ދަތިކުރުމުގެ ފިޔަވަޅު
ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމުން އިނގިރޭސީން މަރުހަބާ ކިޔައިފި
ވިލާތުގެ އިއްތިޙާދުން ވަނީ ހޯމަ ދުވަހު ފިޔަވަޅުތައް އަޅާނެ އޮނިގަނޑެއް އެކުލަވާލައި ފާސްކޮށްފައި
އިންސާނީ ހައްޤުތަކުގެ ޙާލަތާއި، ޑިމޮކްރަސީގެ ޙާލަތާއި ބެހޭ ގޮތުން ބައިނަލްއަޤްވާމީ މުޖްތަމައުން ފާޅުކުރާ ކަންބޮޑުވުންތައް އެބޭފުޅާވެސް ހިއްސާކުރައްވާ

ޙާލަތު ރަނގަޅު ނުކޮށްފިނަމަ ދިވެހި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އޮނިގަނޑެއް  ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކައުންސިލުން ފާސްކުރުމާއި ގުޅިގެން އިނގިރޭސި ޚާރިޖީ އޮފީހުގެ އޭޝިއާ ޕެސިފިކް ސަރަހައްދާއި ބެހޭ ސްޓޭޓް މިނިސްޓަރ މާރކް ފީލްޑް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދަށަށްދާ މައްސަލައިގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިދިޔަ ފެބްރުއަރީ މަހު ދިނުމަށް ފަހު ވިލާތުގެ އިއްތިޙާދުން ވަނީ ހޯމަ ދުވަހު އެފިޔަވަޅުތައް އަޅާނެ އޮނިގަނޑެއް އެކުލަވާލައި ފާސްކޮށްފައެވެ.

 

މާރކް ފީލްޑް ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތާއި، ޑިމޮކްރަސީގެ ޙާލަތާއި ބެހޭ ގޮތުން ބައިނަލްއަޤްވާމީ މުޖްތަމައުން ފާޅުކުރާ ކަންބޮޑުވުންތައް އެބޭފުޅާ ވެސް ހިއްސާ ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާރކް ފީލްޑް ވިދާޅުވިއެވެ.

ރާއްޖެއާއި މިސަރަހައްދުގެ ކަންކަމާއި ހަވާލުވެވަޑައިގެން ހުންނަވާ ޚާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން މީގެ ކުރިންވެސް އެތައް ފަހަރަކު ރާއްޖޭގެ ޙާލަތާއި ބެހޭ ގޮތުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މާކް ފީލްޑްއަކީ އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ލަންޑަން ތަމްސީލް ކުރައްވާ މެމްބަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް