ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 21:57
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު
އޭޕީ
ރައީސް ނަޝީދު
ސިޔާސީ ހައްޔަރީން ދޫކޮށް ނުލާ ނަމަ ސަރުކާރަށް ދެއްކޭނެ އިޚްލާސްތެރިކަމެއް އެބައޮތްތޯ ރައީސް ނަޝީދު ސުވާލުކުރައްވައިފި
ހާލަތު ރަނގަޅު ނުވާނަމަ ރާއްޖޭގެ ވެރިންނަށާއި މުވައްސަސާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް އީޔޫ އިން ވަނީ ފާސްކޮށްފައި
ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް އީޔޫ އިން ވަނީ ގޮވާލާފައި
ރައީސް ނަޝީދު ޖަލަށްލެވިފައި ވަނީ ނުހައްގުން ކަމަށް އދ އާއި އެމެނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ބުނޭ

ސިޔާސީ ހައްޔަރީން ދޫކޮށް ނުލާ ނަމަ ދިވެހި ސަރުކާރަށް ދެއްކޭނެ އިޚްލާސްތެރިކަމެއް އެބައޮތްތޯ ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަރުކާރަށް މުހިއްމު ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ. 

ހާލަތު މިހާރަށް ވުރެ ރަނގަޅު ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށާއި މުވައްސަސާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން އެފެއާޒް ކައުންސިލުން ހޯމަ ދުވަހު ފާސް ކުރުމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ އިން ސަރުކާރަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ އޮނިގަނޑެއް ފާސްކޮށްފައިވާ ކަމަށެވެ. އަދި އީޔޫ އިން ސަރުކާރަށް ގޮވާލަނީ "އިތުބާރު ހިފޭ ދެފުށް ފެންނަ އެންމެންނަށް ބައިވެރިވޭ އިންތިޚާބަކަށް މަގުފަހިކޮށް ދޭނެ އިޚްލާސްތެރި" މަޝްވަރާއަށް ކަމަށެވެ. 

އީޔޫ ކައުންސިލުން ހޯމަ ދުވަހު ބުނީ އީޔޫ އިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ރާއްޖެ އިން ރަނގަޅު ކުރަން ޖެހޭ ކަންކަން ނުކުރާ ނަމަ، އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އީޔޫ ކައުންސިލުން ދިވެހި ސަރުކާރަށް ހޯމަ ދުވަހު ގޮވައިލީ ސިޔާސީ އިދިކޮޅު ލީޑަރުން ބައިވެރިވެވޭ ގޮތަށް މަޝްވަރާތައް ފެށުމަށާއި ދެ ފުށް ފެންނަ، ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށެވެ. 

އީޔޫ އިން ހޯމަ ދުވަހު ނިންމި ނިންމުމަކީ މިއަހަރުގެ މާޗް މަހު އީޔޫ ކައުންސިލްއަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާ ސީދާ ގުޅިގެން ނިންމުނު ނިންމުމެއް ކަމަށް ފޮރިން އެފެއާޒް ކައުންސިލުން ބުނެއެވެ. އީޔޫ ކައުންސިލުން ބުނެފައި ވަނީ މިހާރު ވެސް ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރެވެމުން ނުދާ ކަމަށާއި ބާރުތައް ވަކިވެފައި އޮތް ވެރިކަމުގެ ނިޒާމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. 

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި މުވައްސަސާތަކަށް ފިޔަވަޅު އެޅުމާ ބެހޭ އޮނިގަނޑެއް ނުވަތަ ފްރޭމްވާކެއް އީޔޫ ގެ ފޮރިން އެފެއާޒް ކައުންސިލުން ހޯމަ ދުވަހު ފާސް ކޮށްފައިވާއިރު. މީގެ ހަފްތާއެއް ހާ ދުވަސް ކުރިން ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައި ވަނީ އީޔޫ އިން ފިޔަވަޅު އެޅިޔަސް ގޮތް ދޫނުކުރައްވާނެ ކަމަށެވެ. އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައި ވާނަމަ އެކަންކަމުގައި ﷲ އަށް ވަކީލު ކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯއްދަވާނީ ކަމުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
16 ޖުލައި 2018 | ހޯމަ 20:59
އެމްޑީޕީ
މަރުޙަބާ އީޔޫ މަރުޙަބާ އެމްޑީޕީ!
16 ޖުލައި 2018 | ހޯމަ 20:49
ހ އަހުމަދު
ގާނޫނީގޮތުން އެމްޑީޕީ އުވާލުމުގެ ފުރުސަތު މިބަޔާނުން މަގުފަހިވޭ!
16 ޖުލައި 2018 | ހޯމަ 20:45
ހ މ ޒ
ދަތި ކުރުމުގެ ފިޔަވަޅު އަޅާނެކަން އިއުލާން ކުރުމުން އެމްޑީޕީން އިން މަރުހަބާ ކިޔައިފި!
16 ޖުލައި 2018 | ހޯމަ 14:34
މ ނާޒިމް
ކިތަންމެ ބޮޑު ކުއްވެރިޔަކަވިޔސް ކަލޯއަށް އެއީ ސިޔާސީ ހައްޔަރީންތ؟