ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 18:43
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ
ރާއްޖެއެމްވީ
ދުންޔާ މައުމޫނު
އީޔޫ އިން ދިވެހި ސަރުކާރަށް ދިނީ ވަރަށް ވަރުގަދަ އަދި އެހާމެ ސާފު މެެސެޖެއް: ދުންޔާ
ދުންޔާ އަކީ ރައީސް ޔާމިން ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު
ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް އީޔޫ އިން ވަނީ ގޮވާލާފައި
ހާލަތު ރަނގަޅު ނުވާނަމަ ރާއްޖޭގެ ވެރިންނަށާއި މުވައްސަސާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް އީޔޫ އިން ވަނީ ފާސްކޮށްފައި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހޯމަ ދުވަހު ދިނީ ވަރަށް ވަރުގަދަ އަދި އެހާމެ ސާފު މެެސެޖެއް ކަމަށާއި އެ މެސެޖަށް އަޅާނުލާ ދޫކޮށްލައިފިނަމަ އެއީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. 

ހާލަތު މިހާރަށް ވުރެ ރަނގަޅު ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށާއި މުވައްސަސާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން އެފެއާޒް ކައުންސިލުން ހޯމަ ދުވަހު ފާސް ކުރުމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ އީޔޫ އިން އެދެނީ ދިވެހި ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް ކަމަށެވެ. ދުންޔާ ވިދާޅުވީ ރާއްޖެއިން ވަރަށް ގިނަ ކަންކަމާ ޑީލް ކުރަން ޖެހޭ ކަމަށާއި އެގޮތުން "ސިޔާސީ ކުށްވެރިންނާއި، މިނިވަން އިލެކްޝަން ކޮމިޝަނަކާއި، އިންސާފުވެރި ޝަރީއަތްތަކާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ތައްޔާރުވުން" ހިމެނޭ ކަމަށެވެ. އަދި ދުންޔާ ވަނީ މަޝްވަރާތައް ކޮބައިތޯ ވެސް ސުވާލު ކުރައްވާފައެވެ. 

އީޔޫ ކައުންސިލުން ހޯމަ ދުވަހު ބުނީ އީޔޫ އިން ކަނޑައަޅާ މުއްދަތުތަކުގެ ތެރޭގައި ރާއްޖެ އިން ރަނގަޅު ކުރަން ޖެހޭ ކަންކަން ނުކުރާ ނަމަ، އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އީޔޫ ކައުންސިލުން ދިވެހި ސަރުކާރަށް ހޯމަ ދުވަހު ގޮވައިލީ ސިޔާސީ އިދިކޮޅު ލީޑަރުން ބައިވެރިވެވޭ ގޮތަށް މަޝްވަރާތައް ފެށުމަށާއި ދެ ފުށް ފެންނަ، ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށެވެ. 

އީޔޫ އިން ހޯމަ ދުވަހު ނިންމި ނިންމުމަކީ މިއަހަރުގެ މާޗް މަހު އީޔޫ ކައުންސިލްއަށް ރާއްޖޭގެ މައްސަލައާއި ގުޅިގެން ހުށެހެޅުނު ގަރާރާ ސީދާ ގުޅިގެން ނިންމުނު ނިންމުމެއް ކަމަށް ފޮރިން އެފެއާޒް ކައުންސިލުން ބުނެއެވެ. އީޔޫ ކައުންސިލުން ބުނެފައި ވަނީ މިހާރު ވެސް ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރެވެމުން ނުދާ ކަމަށާއި ބާރުތައް ވަކިވެފައި އޮތް ވެރިކަމުގެ ނިޒާމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. 

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި މުވައްސަސާތަކަށް ފިޔަވަޅު އެޅުމާ ބެހޭ އޮނިގަނޑެއް ނުވަތަ ފްރޭމްވާކެއް އީޔޫ ގެ ފޮރިން އެފެއާޒް ކައުންސިލުން ހޯމަ ދުވަހު ފާސް ކޮށްފައިވާއިރު މީގެ ހަފްތާއެއްހާ ދުވަސް ކުރިން އީޔޫ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައި ވަނީ ފިޔަވަޅު އެޅިޔަސް ގޮތް ދޫނުކުރައްވާނެ ކަމަށެވެ. އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައި ވާނަމަ އެކަންކަމުގައި ﷲ އަށް ވަކީލު ކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯއްދަވާނީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 ޖުލައި 2018 | ހޯމަ 18:40
Goodness gracious
ދެންހެޔޮ ފުދިއްޖެ. ކަމަނާ މަޑޫމަޑޫން ހުންނަވާ