ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 19:30
ޔޫރަޕިއަން ޔޫނިއަން ކައުންސިލްގެ ބައްދަލުވުން ކުރިއަށްދަނީ
ޔޫރަޕިއަން ޔޫނިއަން ކައުންސިލްގެ ބައްދަލުވުން ކުރިއަށްދަނީ
ޔޫރަޕިއަން ޔޫނިއަން
ޔޫރަޕިއަން ޔޫނިއަން
ފްރޭމްވޯކެއް ފާސްކުރަނީ ސަރުކާރުން އިތުރަށް ސަމާލުވުމަށް އެންގުމުގެ ގޮތުން: ޝައިނީ
ސަރުކާރުން އީޔޫ ގައުމުތަކާ ވާހަކަ ދައްކައިގެން ކުރި މަސައްކަތް ކާމިޔާބު
މިއީ ސަކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް
ފިޔަވަޅު އެޅުމުގެ ގޮތުން ފްރޭމްވޯކެއް އެކުލަވާލުމަށް ވަނީ ނިންމާފައި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފްރޭމްވޯކެއް އެކުލަވާލުމަށް ފާސްކޮށްފައި ވަނީ ސަރުކާރުން އިތުރަށް ސަމާލުވުމަށް އެންގުމަށް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އީޔޫގެ ނިންމުން ފާސްކުރުމާ އެކު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވެފައި ވަނީ ސަރުކާރުން އީޔޫ ގައުމުތަކާ ވާހަކަ ދައްކައިގެން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށާއި އެ ވާހަކަތައް އެ ގައުމުތަކުން އަޑު އަހާފައިވާ ކަމަށެވެ.

ޑރ. ޝައިނީ އެކަންތައްތައް ސިފަ ކުރައްވާފައި ވަނީ "ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ" ގޮތުގައެވެ. އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ހާލަތު އީޔޫއަށް ކިޔައިދީފައި އޮތީ ހަގީގަތާ ޚިލާފަށް ކަމަށާއި ސަރުކާރުން އެކަން އޮޅުން ފިލުވައިދިނުމުން އެކަން އެފަރާތުން ގަބޫލު ކުރާ ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ވަނީ ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމުތަކުގެ މަންދޫބުންނާ ބައްދަލުކޮށް، ޤައުމުތަކުގެ ނިންމުން ބަދަލުކުރުމަށް ބާރު އެޅުމުގެ މަސައްކަތް ކުރައްވައިފައެވެ.

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގެ ހޯމަ ދުވަހުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކާއި ގާނޫނުތައް ނެގެހެއްޓުމަށާއި އެކި ގައުމުތަކުގައި ހުރި ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ފަރުދުންނާއި ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް ބައެއް ފަރާތްތަކާ މެދު އެޅުމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ގޮތުން ފްރޭމްވޯކެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ދާނީ މި ފްރޭމްވޯކާ އެއްގޮތަށެވެ. އަދި ފިޔަވަޅު އެޅުމުގައި ފްރޭމްވޯކް އެކުލަވާލާ އިރު ސަރުކާރުގެ އަމަލުތައް ބަހައްޓާ ގޮތާއި އެ ޖަމިއްޔާ އިން ކޮންމެހެން އިސްލާހުކުރަންޖެހޭ ކަމަށް ބުނެފައިވާ ކަންކަން ހާސިލްކުރާ މިންވަރެއް ބަލާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 ޖުލައި 2018 | ހޯމަ 10:37
ހ މ ޒ
ނަޝީދު ހިންގެވި އަމަލުތައް އީޔޫ އަށް އޯކޭ އެވެ. ފަނޑިޔާރަކު ވަގަށް ނަގައިގެން، ނިޒާމު ގެއްލުވާލަން ރައީސް ނަޝީދު ހިންގެވި އަމަލު ވެސް އީޔޫ އަށް އޯކޭ އެވެ. އެކުށަށް އަދަބު ދިނުމަށް މިއަދުވެސް އީޔޫ އިން ދެކޮޅެވެ. ރައީސް ނަޝީދުގެ ހިމާޔަތުގައި އީޔޫ އިން މަސައްކަތް ކުރާ ސަބަބު ވަރަށް ސާފެވެ. ތަފްސީލަށް ކޮންމެހެން ދިއުމުގެ ބޭނުމެއް ވެސް ނެތެވެ.