ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 14:57
އިލެކްޝަން ކޮމިޝަންގެ އިދާރާ
އިލެކްޝަން ކޮމިޝަންގެ އިދާރާ
ގޫގުލް
އިލެކްޝަން ކޮމިޝަން
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް މާދަމާ ހުޅުވާލަނީ
ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލަނީ މިމަހުގެ 17 އިން އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށް

ރިޔާސީ އިންތިހާބުގައި ރަށް ވެހިވަފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރޭޝަނަށް އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 އިން ފެށިގެން އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ރަށް ވެހިފައިވާ ރަށް ނޫންތަނެއްގައި ވޯޓު ލުމަށް ބޭނުންވާ ފަރާތްތަކުން މި މުއްދަތުގައި ރީ-ރަޖިސްޓްރީވުމަށް އެދޭ ކަމަށާއި، މިފުރުސަތު ހުޅުވާލުމާ އެކު އިލެކްޝަން އެކޮމިޝަންގެ ވެބްސައިޓުން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ. 

ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަން ކޮމިޝަނުން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން ރާއްޖޭގެ އެހެން ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ އިންތިހާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށެވެ.

ކޮމިޝަނުން ބުނީ ހުޅުމާލޭގެ ކޮމިއުނިޓީ ސެންޓަރުނާއި، ވިލިގިލި މޯބައިލް ސްޓޭޝަނުން ވެސް ފޯމުދޫކުރުމާއި ފޯމުބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް