ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 17:58
އީޔޫ ކައުންސިލް
އީޔޫ ކައުންސިލް
ގޫގުލް
ރާއްޖެ އީޔޫ
ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އީޔޫގެ ކައުންސިލުން ފާސްކޮށްފި
ފިޔަވަޅު އެޅުމުގެ ގޮތުން ފްރޭމްވޯކެއް އެކުލަވާލުމަށް ވަނީ ނިންމާފައި
ވިލާތުގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރެވޭނެ
ވިލާތުގެ ގައުމުތަކުގައި ހުރި މުދާ ހިފެހެއްޓޭނެ

ދިވެހި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަނުން ފާސްކޮށްފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގެ ހޯމަ ދުވަހުގެ ބައްދަލުވުމުގައި ވަނީ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ފަރުދުންނާއި، ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ. އަދި ފިޔަވަޅު އެޅުމުގެ ގޮތުން ފްރޭމްވޯކެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާއެކު ރާއްޖޭގެ ހާލަތު ރަނގަޅު ނުވެއްޖެ ނަމަ އެކުލަވާލެވޭ ފްރޭމްވޯކްގެ ތެރެއިން، އެފަދަ ފަރާތްތައް ވިލާތުގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރެވި ވިލާތުގެ ގައުމުތަކުގައި ހުރި އެފަރާތްތަކުގެ މުދާ ހިފެހެއްޓިގެންދާނެއެވެ. އެ ކައުންސިލުން ބުނެފައި ރާއްޖޭގެ ހާލަތު މިހާރު ވެސް އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ.

ހަމައެހެންމެ އެކައުންސިލްއިން ވަނީ އިދިކޮޅު ލީޑަރުންނާއެކު މަޝްވަރާގެ މޭޒަށް ދިޔުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ހަމަ އެފަދައިން މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ އިތުބާރު އޮންނަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ވެސް ވިލާތުގެ އިއްތިހާދުން ގޮވާލާފަވެއެވެ.

މިއީ މިއަހަރުގެ މާޗް މަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާ ސީދާ ގުޅިގެން ނިންމުނު ނިންމުމެއް ކަމަށް ފޮރިން އެފެއާޒް ކައުންސިލުން ބުނެއެވެ. އީޔޫގެ ކައުންސިލުން ބުނެފައި ވަނީ މިހާރު ވެސް ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރެވެމުން ނުދާ ކަމަށާއި ބާރުތައް ވަކިވެފައި އޮތް ވެރިމުގެ ނިޒާމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. 

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އީޔޫ އިން ނިންމާފައި ވާ އިރު ރައީސް ޔާމީން ވިދާޅުވަނީ ފިޔަވަޅު އެޅިޔަސް ގޮތް ދޫނުކުރައްވާނެ ކަމަށެވެ. އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައި ވާނަމަ އެކަންކަމުގައި ﷲ އަށް ވަކީލު ކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯއްދަވާނީ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
16 ޖުލައި 2018 | ހޯމަ 08:38
Fazee
Haalathu rangalhu vikamah vaanee Anni ebunaa eneh Dhivehi raajeah dhevuneemai
16 ޖުލައި 2018 | ހޯމަ 08:18
ޚިޔާލު
ބަލަ ކޮން މިނިވަންކަމެއް ނެތިގެންތަ ތިޔަ ތެޅިބާލަނީ މިއީ އިސްލާމީ ޤައުމެއް މި ޤައުމުގައި އާކޮށް އާލާކުރަންޖެހޭނީ އިސްލާމީ ވަންތަކަންނޫންތޯ؟ އެކަން ނެތިގެންތޯ އީޔޫންއިން އެ އުޅެނީ އަޖާއިބެއް ފަހެ ނުވާނެތަ؟