ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 17:38
ފުނަދޫއިން އަތުލައިގަތް މަސްތުވާތަކެތި
ފުނަދޫއިން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
މަސްތުވާތަކެއްޗާ އެކު ށ. ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެއް
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 45 ސެލޯފިންކޮޅު ފެނިފައި ވޭ.
ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައި

މަސްތުވާތަކެއްޗާ އެކު ށ. ފުނަދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުނަދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިދިޔަ ހުކުރު ދުވަހުގެރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެކެވެ. މާލެއިން ފުނަދުއަށް އައި ބޯޓަކުން ބޭލި ފޮށިގަނޑަކާ ހަވާލުވުމަށް އައިސް ހުރި އެ މީހާ ހައްޔަރުކޮށް އެފޮށިގަނޑު ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 45 ސެލޯފިންކޮޅު އެފޮށިގަނޑުން ފެނިފައި ވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
17 ޖުލައި 2018 | އަންގާރަ 06:19
ނާޒިމާ
ތީ ފުނަދޫގައި ތިބޭ ޕޮލިހުންނާއި އަތޮޅު ގެ އެހެން ރަށްރަސުގައި ތިބޭ ޕޮލިހުން ގުޅިގެން ހިންގާ ބޮޑުވިޔފާރިއެއް. އެންމެން ދަންނަ ބޮޑުސިއްރެއް. އަތުވެސްލާނެ ސުރުޚީވެސް ފެންނާނެ، ވިޔފާރިވެސްކުރާނެ. ، ބޭނުންވެސްކުރޭ،