Advertisement
ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 19:13
ސައިކަލް ޓެކްސީގެ ޚިދުމަތް ދެނީ
ސައިކަލް ޓެކްސީގެ ޚިދުމަތް ދެނީ
އަޒުމޫން އަހުމަދު
ސައިކަލް ޓެކްސީ
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
މިހަފްތާތެރޭގައި ޚިދުމަތް ދޭން ފަށާނެ
ޓްރާންސްޕޯޓް އޮތޯރިޓީން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ވަނީ ނިމިފައި

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ހުއްދަ ދޫކުރެވިފައިވާ ދެ ކުންފުނީގެ ތެރެއިން އަނުއާ ޓްރާންސްޕޯޓް ސާވިސަސް (އޭޓީއެސް) އިން މިހަފްތާތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިމިފައިވާ ކަމަށް ނާފިޒް ވިދާޅުވިއެވެ. އެގޮތުން ސައިކަލް ރެޖިސްޓްރީ އާއި ސްޓިކާ ދޫކުރުމާއި ޑްރައިވަރުންނަށް ލައިސެންސް ދޫކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ ޚިދުމަތް ނުފެށި ވަނީ ޑްރައިވަރުންގެ މެޑިކަލް ޓެސްޓްތައް ހެދުމާއި ޕޮލިސް ރިޕޯޓް ނަގާ ނުނިމިގެން ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ އަނެއް ކުންފުނިން ޚިދުމަތް ދޭން ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ނާފިޒް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް