ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 16:27
ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން
ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން
ގޫގުލް
އީޔޫ - ދިވެހިރާއްޖެ
ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
ފިޔަވަޅު އަޅައިފިނަމަ އެއީ އެ ބޭފުޅުން ބޭނުންވާ ކަންތަތަކެއް ހާސިލް ކުރަން އަޅާ ފިޔަވަޅަށް ވާނެ
އިސްލާމު ދީން ނޫން އެހެން ދީނަކަށް މިގައުމުން ފުރުސަތު ހޯދައިދިނުން ކަމަށް

ރާއްޖެ އާއި ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅައިފި ނަމަ އީޔޫއަށް އަށްވެސް އޭގެ ގެއްލުން ލިބޭނެ ކަމަށް ވެރިކަން ކުރާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއީރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން ޖަމީލު އުސްމާނު ވިދާޅުވެފައި ވަނީ އަންނަ ހޯމަ ދުވަހު ރާއްޖެ އާއި ދެކޮޅަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެއީ އެ ބޭފުޅުން ބޭނުންވާ ކަންތަތަކެއް ހާސިލް ކުރަން އަޅާ ފިޔަވަޅަށް ވާނެ ކަމަށެވެ.

އީޔޫ އިން ބޭނުންވަނީ އެބޭފުޅުން ބޭނުންވާ މީހަކަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތް ހެދުމާއި އިސްލާމްދީން ނޫން އެހެން ދީނަކަށް މިގައުމުން ފުރުސަތު ހޯދައިދިނުން ކަމަށް ޖަމީލު އުސްމާން ވިދާޅުވެފައި ވެއެވެ. ނަމަވެސް އީޔޫގެ ގަރާރުގައި ދީނީ މިނިވަންކަމުގެ ވާހަކަ ފާހަގަކޮށްފައެއް ނެތެވެ. 

ޔޫރަޕްގެ އިންވެސްޓަރުންވެސް ރާއްޖޭގައި އުޅޭ ކަމަށާއި އެފަރާތް ތަކަށް ވެސް ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލު އުސްމާނު ވިދާޅުވީ ފިޔަވަޅު އެޅިއަސް މި ގައުމިގައި ގޮތް ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ. 

ދިވެހި ސަރުކާރުގެ ބައެއް ވެރިންނާއި ސަރުކާރަށް ވާގިވެރިވާ ބައެއް ވިޔަފާރިވެރިންނާމެދު ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގެ ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 ޖުލައި 2018 | އާދީއްތަ 12:37
ފާތުމާ
ޢީ ޔޫ ޢިނދަ ޖެހޭނެ! ރާއްޖޭގެ ތަރައްގީ ގެ ސްޕީޑް ފެނިފަ ހަސަދަވެރިވެގެން ފިޔަވަޅު އަޅަން އެ އުޅެނީ???????
15 ޖުލައި 2018 | އާދީއްތަ 11:44
ތިމަންނަ
ގަމާރުން ކިޔަނީ ކޮންކަހަލަ ބަޔަކަށް ކަން އެގޭތަ ؟