ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 21:17
އިބޫ ފުވައްމުލަކު ދަނޑިމަގު ކުޅީގައި
އިބޫ ފުވައްމުލަކު ދަނޑިމަގު ކުޅީގައި
މުހައްމަދު ޝަރުހާން
ފުވައްމުލައް
ފުވައްމުލަކުގެ މުހިއްމު ތަންތަނަށް އިބޫ އާއި ފައިސަލް ވަޑައިގެން، ހާލަތު ބައްލަވައިފި
ސިޔާސީ އިސް ބޭފުޅުންގެ އާއިލާތަކާ ބައްދަލު ކުރެއްވި

ގުޅިފައަިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމު، ފުވައްމުލަކުގެ މުހިއްމު ތަންތަނަށް ވަޑައިގެން، ހާލަތު ބައްލަވައިފިއެވެ.

އިބޫ އާއި ފައިސަލް ވަޑައިގެންނެވީ ފުވައްމުލަކު ދަނޑިމަގު ކިޅި އާއި ފުވައްމުލަކު ތުނޑި އާއި އެ ރަށުގެ މަސް މާރުކޭޓާއި ކްރިކެޓް ދަނޑުގެ އިތުރުން އެ ރަށުގެ ގިރާ ސަރަހައްދަށާއި ބައެއް ގެތަކަށެވެ. އެ ދެ ބޭފުޅުން ވަޑައިގެންނެވި ތަންތަނުގެ ހާލަތު ބެއްލެވުމަށް ފަހު، އެތަންތަނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި މުސްތަގުބަލުގައި އެތަންތަން ތަރައްގީކޮށް، ކުރާނެ ކަންކަމާ ގުޅޭ ގޮތުން ހިޔާލު ބަދަލު ކުރައްވާފައިވެއެވެ.

އިބޫ އާއި ފައިސަންގެ ދަތުރުފުޅުގައި ފުވައްމުލަކުގެ ގިނަ އަދަދެއްގެ އާންމުންނާއި ސިޔާސީ އިސް ބޭފުޅުންގެ އާއިލީ ގެތަކަށް ވަޑައިގެން، ހިޔާލު ބަދަލު ކުރައްވާފައިވެއެވެ.

އިބޫ އާއި ފައިސަލްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެ ދެ ބޭފުޅުން އެނބުރި މާލެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހުގެ ރޭގަ އެވެ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެނބުރި އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ އާދީއްތަ ދުވަހުގެ ހެނދުނުއެވެ. ނަމަވެސް އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހުނު ލޯންޗުގެ އިންޖީނު ހަލާކުވުމުން، އެ ދަތުރުފުޅު ފަސްވިއެވެ. އައްޑޫ ސިޓިއަށް އެމަނިކުފާނު އެނބުރި ވަޑައިގަންނަ ވާނީ އާދީއްތަ ދުވަހުގެ މެންދުރުފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް