ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 11:54
ރައީސް މައިތިރިޕާލާ ސިރިސޭނާ
ރައީސް މައިތިރިޕާލާ ސިރިސޭނާ
ގޫގުލް
ލަންކާގައި މަރުގެ އަދަބުދިނުން
މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ލަންކާގެ ހިއުމަން ރައިޓްސް އިން ގޮވާލައިފި
ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައިވަނީ 1976 ވަނަ އަހަރު
މިހާރު ވެސް ޖަލުގައި މަސްތުވާތަކެތީގެ ނުރައްކާތެރި މީހުންގެ ތެރޭގައި ހިމެނޭ 19 މީހުން އެބަތިބި

ސްރީލަންކާގައި މަރުގެ އަދަބު ދިނުން އަލުން ފެށުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމެވުމާ ގުޅިގެން އެކަންތައް ހުއްޓާލުމަށް އެގައުމުގެ ހިއުމަން ރައިޓްސް ކަމިޝަނުން ގޮވާލައިފިއެވެ.

ހިއުމަން ރައިޓްސް ކަމިޝަންގެ ޗެއާޕާސަން ޑރ. ދީޕިކާ އުޑަގަނަމާ ސިރިސޭނާއަށް ފޮނުވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައިވަނީ މަރުގެ އަދަބަކީ އިންސާނީ ހައްގުތަކަށް ދެވޭ އެންމެ ބޮޑު ހަލާކު ކަމަށެވެ.

އަދި އިތުބާރު ނުކުރެވޭ ޝައުއީ ނިޒާމެއް އޮތް ގައުމެއްގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ މުޖުތަމައު ނުރަނގަޅު ދިމާލަކަށް ދިއުމަށް ދެވޭ ފުރުސަތެއްކަމަށް އޭނާގެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެޗްއާރުސީ އިން މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓާލުމަށް ގޮވާލާފައިވާއިރު މިދިޔަ ހަފްތާގައި ރައީސް ސިރިސޭނާ ވަނީ މަރުގެ  އަދަބު އަލުން ދޭން ނިންމަވާފައިވާ ކަމަށް ހާމަ ކުރައްވާފައެވެ.

ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައިވަނީ 1976 ވަނަ އަހަރުއެވެ.

މަރުގެ އަދަބު ދޭން އަލުން ނިންމަވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް އެގައުމުގައި އިންތިހާއަށް ގިނަވުމުގެ ސަބަބުންނެވެ. މަރުގެ އަދަބު ތަންފީޒު ކުރެވޭނެ ފަރާތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު މަރުގެ ހުކުމް އިއްވުމަށް ފަހު ޖަލުގައި ތިބި ފަރާތްތައްވެސް ހިމެނެއެވެ.

ލަންކާ ސަރުކާރުގެ ސްޕޯކްސް ޕާސަން ރަޖިތު ސެނަރަތުނޭ ވިދާޅުވެފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރަން ނިންމާފައިވަނީ ފިލިޕީންސް އަސްލަކަށް ބަލައިގެންނެވެ. މަރުގެ އަދަބު ތަންފީޒު ކޮށްގެން ފިލިޕީންސްގައި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގައި ކުރި ހޯދާފައިވާ ކަމަށާއި އެގޮތަށް ކަންތައް ކުރުމަށް ސަރުކާރުން ނިންމީ އެހެން ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުގެ ތަރުޖަމާނު އުޕުލްދެނިޔާ ވިދާޅުވީ މިހާރު ވެސް ޖަލުގައި މަސްތުވާތަކެތީގެ ނުރައްކާތެރި މީހުންގެ ތެރޭގައި ހިމެނޭ 19 މީހުން އެބަތިއްބެވެ. އަދި މަރުގެ އަދަބު އިއްވާފައިވާ 373 މީހުން މިހާރު ވެސް ޖަލުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް