ކ. މާލެ
|
14 ޖުލައި 2018 | ހޮނިހިރު 21:26
އިބޫ އާއި ފައިސަލް މިހާރު ފުވައްމުލަކާއި އަދި އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
އިބޫ އާއި ފައިސަލް މިހާރު ފުވައްމުލަކާއި އަދި އައްޑުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޝެއިޚް އިލްޔާސް
އިބޫ އާއި ފައިސަލް އަށް ވަރަށް ހޫނު މަރުހަބާ އެއް ޝެއިޚް އިލްޔާސް ވިދާޅުވެއްޖެ
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓަކަށް، ހުކުރު ދުވަހުގެ ރޭ ފައިސަލް ވަނީ ކަނޑައަޅާފައި
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ނުވަތަ އިބޫ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ. 

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީ އަށް ލިބިފައިވާ ސްލޮޓުގައި، އެ ޕާޓީ ގެ ކައުންސިލުން ހުކުރު ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ހޮއްވަވާފައިވާއިރު، ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ޝެއިޚް އިލްޔާސް އިތުރަށް ވިދާޅުވީ ދިވެހި ގައުމަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ގައުމަށް އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު ޚިދުމަތްކޮށްދެެއްވުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ. 

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ފޯރިއާއެކު ކޭމްޕޭން ފަށާފައިވާއިރު، އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާއި އަދި ސަޕޯޓަރުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް