ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 10:52
ެމެމްބަރު މަހްލޫފް
ެމެމްބަރު މަހްލޫފް
ރާއްޖެއެމްވީ
އަހްމަދު މަހްލޫފް
އިންތިޚާބުގައި ލިބޭ ފުރުސަތުގެ ބޭނުން ހިފައި ހެދުނު ގޯސްތައް ރަނގަޅު ކުރޭ، ޒާތީ ކަމެއް ނެތް އަދި ބަދަލުވެސް ނުހިފާނަން: މަހްލޫފް
މަހްލޫފް ވަނީ ރައީސް ޔާމިން ދިފާއު ކުރުމަށް ބަޔަކަށް ގޯސް ހެދިފައިވާ ކަމަށް ވިދާޅުވެފައި

މަޖުބޫރީ ހާލަތެއްގައި ނަަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ދިފާއު ކުރުމަށް ބަޔަކަށް ވަނީ ގޯސްތަކެއް ހެދިފައި ކަމަށާއި އަސްލު މައްސަލަ އަކީ ރައީސް ޔާމިން ކަމަށް ވީ ހިނދު އިންތިޚާބުގައި ލިބޭ ފުރުސަތުގެ ބޭނުން ހިފައި ހެދުނު ގޯސްތައް ރަނގަޅު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ގޮވާލައްވައިފިވެ. 

ހޮނިހިރު ދުވަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންނަށް ދިން އަނިޔާގެ ބަދަލެއް ނުހިފާނަން ކަމަށާއި، ޒާތީކަމެއް ނެތް ކަމަށެވެ." 

މަހުލޫފު މިހެން ވިދާޅުވިއިރު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބުގެ ކޭމްޕޭން ވަރަށް ފޯރިއާއެކު ފަށައިފައެވެ. އަދި ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބޮޑު ތަފާތަކުން ބަލި ކުރާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް