މޯލްޑިވްސް ނެޝަނަލް ފިލްމް އެސޯސިއޭޝަންގެ ޗެއަރޕާސަންގެ މަގާމަށް ފިލްމީ ތަރި، އަދި އެންސީއޭގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ މުއާޒް (މުއާ) ހަމަ ޖައްސައިފިއެވެ.
ފިލްމް އެސޯސިއޭޝަންގެ ވައިޗެއަރޕާސަންގެ މަގާމު ހުސްވެފައިވަނިކޮށް އެމަގާމަށް ކުރިމަތި ލައްވާފައި ވަނީ މުއާގެ އިތުރުން ފިލްމް ޑައިރެކްޓަރ ފާތިމަތު ނަހުލާއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މުއާ ވިދާޅުވީ ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރ ޕާސަން ކަމުގެ މަގާމު އޭނާއަށް ލިބިފައިވަނީ އޭނާ ހުށަހެޅި ފޯމުގައި އެޑްމިނިސްޓްރޭޓިވް މައްސަލައެއް އުޅޭ ކަމަށް ބުނެ އެމްއެފްއޭއިން ހޯމް މިނިސްޓްރީގެ ލަފައަކަށް އެދުމުން އެފޯމްގައި މައްސަލައެއް ނެތް ކަމަށް ހޯމް މިނިސްޓްރީން އެންގުމުން ދެން އެމަގާމަށް ކުރިމަތި ލެއްވި ނަހުލާ އަމިއްލައަށް ނަން އަނބުރާ ނެންގެވުމުން ކަމަށެވެ.
އަދި އެނާ އެމަގާމަށް އައްޔަން ކުރިކަން އަންގާފައި ވަނީ ހޮނިހިރު ދުވަހު ކަމަށް މުއާ ވިދާޅުވިއެވެ.
މުއާ އަންނަނީ މުނިފުހި ފލުމުމާއި އާޓްސްގެ ދާއިރާއިން ކަންކަން ބަލަހައްޓާ ހިންގުމުގައި އިސް ދައުރެއް އަދާ ކުރަމުންނެވެ.
މުއާ ވިދާޅުވީ ފިލް އެސޯސިއޭޝަންގެ ވައިސް ޗެއާމަން ކަމުގައި އެނާ ހުންނަވައިގެން އެންސީއޭގެ ތެރެއިން ފިލްމީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅު ކުރެވި އެންސީއޭގެ ތެރެއިންވެސް އިތުރަށް ކަންކަން ކުރަން ފަސޭހަ ވެގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.