ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 17:37
އޯލް ޕާޓީ ޓޯކްސްގެ ޗެއަރ ޑރ. މުހައްމަދު ޝައިނީ
އޯލް ޕާޓީ ޓޯކްސްގެ ޗެއަރ ޑރ. މުހައްމަދު ޝައިނީ
މުހައްމަދު ޝަރުހާން
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
ފައިސަލަށް މަރުހަބާ ވިދާޅުވެ، މަޝްވަރާއަށް ޝައިނީ ގޮވާލައްވައިފި
އިބޫ އަށް މަރުހަބާ ދެންނެވުމަށް ފަހު ވެސް ގޮވާލެއްވީ މަޝްވަރާއަށް
ގުޅިފައިވާ ކޯލިޝަނުން ހުށަހަޅާ ޝަރުތުތައް ސަރުކާރުން ގަބޫލެއް ނުކުރޭ
ހުރިހާ ލީޑަރުން ހައްޔަރުކޮށްފައި ވާއިރު، ސަރުކާރުން ބުނަނީ ޝަރުތަކާ ނުލައި މަޝްވަރާއަށް އައުމަށް

ގުޅިފައިވާ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމަށް، އޯލް ޕާޓީ ޓޯކްސްގެ ޗެއާމަން އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މަރުހަބާ ވިދާޅުވުމަށް ފަހު، މިނިވަން އިންސަފުވެރި އިންތިހާބެއް ބޭވުމަށް ޕާޓީތަކުގެ މަޝްވަރާއަށް ޝައިނީ ގޮވާލައްވައިފި އެވެ. 

ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަކީ ދެފުށް ފެންނަ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި މަޝްވަރާއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރަނިންގމޭޓް ފައިސަލަށް ގޮވާލައްވާ ކަމަށެވެ.

ޑރ. ޝައިނީ މީގެ ކުރިން ވެސް އިބޫއަށް މަރުހަބާ ވިދާޅުވެފައި ވެއެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅި ރަނގަޅު ފިޔަވަޅެއް ކަަމަށާއި، އިބޫއަކީ ގާނޫނު އަސާސީގައި ބުނާ ޝަރުތުުތައް ފުރިހަމަވާ ބޭފުޅެއް ކަމަށް ޝައިނީ ވިދާޅުވެފައިވެ އެވެ.  

ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް މިހާރު ހަމަޖެހިފައި ވަނީ މިމަހުގެ 23 އިން އަންނަ އޮގަސްޓް މަހު 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ 23 ސެޕްޓެމްބަރުގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް