ކ. މާލެ
|
14 ޖުލައި 2018 | ހޮނިހިރު 11:15
ރަނިންގ މޭޓް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު
ރަނިންގ މޭޓް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އައްޑޫ ރައްޔިތުންނާ ނުލައި އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ: ފައިސަލް
އައްޑޫ އަކީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ބައެއް
ގައުމަށް އިސްލާހީ ބަދަލު ގެނައުމަށް އައްޑޫގެ ދައުރު ވަރަށް ބޮޑު

އައްޑޫ ރައްޔިތުންނާ ނުލާ އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމަށާއި އައްޑޫ ރައްޔިތުންނަކީ އަބަދުވެސް ވަރަށް ގާތް ބައެއް ކަމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި މިއަދު ހެނދުނު އައްޑުއަށް ވަޑައިގެން ގަން އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުންނަކީ އަބަދުވެސް ވަރަށް ގާތް ބައެއް ކަމަށާއި ހުރިހާ ދާއިރާއެއްގައި ވެސް އައްޑޫ ސިޓީގެ ރައްޔިތުން ތިބީ ކުރީ ސަފުގައި ކަމަށެވެ. އެގޮތުން، ތައުލީމާއި ވިޔަފާރީގެ ދާއިރާއިންނާއި ރައްޔިތުންގެ ހަމަޖެހުމަށް މަސައްކަތް ކުރާ މީހުންނަށް ބަލާލި ކަމުގައިވީ ނަމަވެސް އައްޑޫސިޓީގެ ރައްޔިތުން ތިބޭނީ އެންމެ އިސް ސަފުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ސިޓީއަކީ ރާއްޖެއަށް ތަރައްގީ ގެނައުމުގައި އިސް ދައުރެއް އަދާ ކުރާ ބައެއް. ބޭސްވެރިކަމުގެ ދާއިރާއާއި އެއަރޕޯޓެއްގެ ގޮތުގައި ބަލާލި ކަމުގައިވީ ނަމަވެސް ނަމޫނާ ގައުމެއް. އަޅުގަނޑު ބުނެލަން ބޭނުންވަނީ، މީގެ 60 އަހަރު ކުރިންވެސް ތިބޭފުޅުން ދައްކަމުންދިޔަ ނަމޫނާ ތަކުރާރުކޮށް މިކުރާ މަސައްކަތުގައި ކުރިއަށްވުރެ ބޮޑަށް އައްޑޫ ޒުވާނުންނާއި ހުރިހާ ރައްޔިތުން ނުކުމެ ދައްކުވާދޭންޖެހޭ،" ފައިސަލް ނަސީމު ވިދާޅުވިއެވެ.

އައްޑޫގެ ރައްޔިތުންނަކީ ގައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މުޅި ގައުމުން އަޣުލަބިއްޔަތު ހޯދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް