ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 11:48
ޑރ.އިޔާޒު
ޑރ.އިޔާޒު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫއާއި ފައިސަލް ގައުމަށް އިޚްލާސްތެރި ޚިދުމަތް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރަން: ޑރ. އިޔާޒު
އިބޫއާއި ފައިސަލްއަށް ކާމިޔާބު މިންވަރު ކުރެއްވުމަށް ދުއާ ދަންނަވާ ކަމަށް އިޔާޒު ވިދާޅުވި
އަނިޔާވެރިކަން ނިމުމަކަށް ގެނެސް އެންމެނަށް އިންސާފު ހޯދައިދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަދީބުގެ އަނބިކަނބަލުންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައި

ގުޅިފައިވާ ޕާޓީތަކުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ނެރޭ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް މި ގައުމަށް އިޚްލާސްތެރި ޚިދުމަތް ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ރަނިންގމޭޓު ކަނޑައެޅުމަށް ހުކުރު ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ބޭއްވި ސިއްރު ވޯޓު ފައިސަލް ނަސީމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލްއަށް މަރުހަބާ ދަންނަވާކަމަށާއި އިބޫއާއި ފައިސަލް މި ގައުމަށް އިޚްލާސްތެރި ޚިދުމަތް ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މީގެ އިތުރުން  އިބޫއާއި ފައިސަލްއަށް ކާމިޔާބު މިންވަރު ކުރެއްވުމަށް ދުއާ ދަންނަވާ ކަމަށް އިޔާޒުގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ފައިސަލަށް ރަނިންގމޭޓުކަން ލިބުމާއި ގުޅިގެން އެކި ފަރާތްތަކުން ދަނީ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ. ޖަލުގައި މިހާރު ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި އެކީގައި މަސައްކަތް ކޮށް އަނިޔާވެރިކަން ނިމުމަކަށް ގެނެސް އެންމެނަށް އިންސާފު ހޯދައިދެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް