ކ. މާލެ
|
14 ޖުލައި 2018 | ހޮނިހިރު 02:12
އަލީ ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަލީ ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ފައިސަލް ނަސީމާ އެކީގައި ކުރިއަށް ދާން ތައްޔާރު: އަލީ ހުސައިން
ފައިސަލް އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އަލީ ހުސައިނާއި ވާދަކުރައްވައި އެއްވޯޓުގެ ތަފާތުން
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ޖުމުލަ 41 މެމްބަރުން ވޯޓުލާފައި ވޭ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓުގެ މަގާމަށް ހޮވުނު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި އެކު ކުރިއަށްދާން ތައްޔާރަށް ހުންނެވިކަމަށް އޭނާ އާއި އެކު އެންމެ ކައިރިން ވާދަކުރެއްވި ކެންޑިޑޭޓް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ޖުމުހޫރީ ޕާޓީގެ 119 ވަނަ ކައުންސިލް ބައްދަލުވުމުގައި ރަނިންގމޭޓަކަށް ބޭފުޅަކު ހޮވުމަށް ނެގި ވޯޓުން އަލީ ހުސައިނަށް 14 ވޯޓު ލިބިވަޑައިގެންނެވި އިރު ފައިސަލް ނަސީމަށް ވަނީ 15 ވޯޓު ލިބިވަޑައިގެންފައެވެ.

ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓަށްފަހު ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އޭނާ ހުންނެވީ ފައިސަލްއާއެކު ކުރިއަށްދާން ތައްޔާރަށް ކަމަށާއި ބޭނުންވާ އަމާޒަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުން. އަޅުގަނޑުމެން ބޭނުންވަނީ ރައީސް ޔާމީންގެ ވެރިކަމުން 2018 ވަނަ އަހަރުގެ މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ނުވަތަ 17 ވަނަ ދުވަހަށްކަމަށްވިއަސް ނުވަތަ އޭގެ ކުރިން ވިއަސް ރައީސް ޔާމީން ބަލިކުރުން. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމަކީ." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ "އުފާވެރި ރާއްޖެއެއް ބިނާކުރުމަށް" އިދިކޮޅު ހަތަރު ލީޑަރުން ދައްކަވާ އިރުޝާދާއެކީ ސާބިތު ކަމާއެކީ ހުންނަވާނެކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓުގެ މަގާމަށް ކުރިމަތިލެއްވީ އަލީ ހުސައިނާއި ފައިސަލް ނަސީމުގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ޑރ. ހުސައިން ރަޝީދާއި އަބްދުﷲ އަމީނެވެ.

ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިވަޑައިގެންނެވި އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ. މި ވޯޓުގައި ކައުންސިލްގެ 41 މެމްބަރަކު ވަނީ ވޯޓު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް