ކ. މާލެ
|
15 ޖުލައި 2018 | އާދީއްތަ 19:21
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓްކަމަށް ހޮވިވަޑައިގަތް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓްކަމަށް ހޮވިވަޑައިގަތް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ފައިސަލް ނަސީމްގެ ކާމިޔާބީއަށް ނަޝީދާއި އިބޫ މަރުހަބާ ވިދާޅުވެއްޖެ
މިއަހަރުގެ ރިޔާސީ އިންތިޚާބު އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނީ އިދިކޮޅުން: ރައީސް ނަޝީދު
ހޫނު މަރުހަބާއެއް އިބޫ ވަނީ ފައިސަލްއަށް ކިޔާފައި
ފައިސަލް ވޯޓު ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ތަފާތުން

ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓަކަށް ހޮވިވަޑައިގެންނެވި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމްއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މަރުހަބާ ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމަށް މަރުހަބާ ދަންނަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށެވެ. ހުކުރުދުވަހުގެ ރޭ ބޭއްވި އިންތިޚާބް ފައިސަލް ނަސީމް ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ތަފާތުންނެވެ. ފަނަރަ ވޯޓް ފައިސަލްއަށް ލިބިވަޑައިގަތްއިރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއަށް ލިބިވަޑައިގަތީ ސާދަ ވޯޓެވެ.

ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީއިން ރަނިންގމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ފައިސަލްއަށް މަރުހަބާ ދަންނަވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ފައިސަލްއާއެކު ވަރަށް ގާތުން މަސައްކަތްކުރެވުނު ކަމަށާއި ފައިސަލްއަކީ ރާއްޖެ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް ރުޖޫއަ ކުރުމަށް މަސައްކަތްކުރާނެ މީހެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިބޫ ވިދާޅުވިއެވެ. 

ރަނިންގމޭޓަކަށް ފައިސަލް އައްޔަނުކުރެވިގެންދިޔުމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށިގެންދާނެއެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް