ކ. މާލެ
|
14 ޖުލައި 2018 | ހޮނިހިރު 21:13
13 ޖުލައި 2018 ގައި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އައްޑޫސިޓީއަށް ވަޑައިގަތުމުން ރައްޔިތުން މަރުހަބާ ދަންނަވަނީ
13 ޖުލައި 2018 ގައި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އައްޑޫސިޓީއަށް ވަޑައިގަތުމުން ރައްޔިތުން މަރުހަބާ ދަންނަވަނީ
އެމްޑީޕީ
ރިޔާސީ އިންތިހާބު 2018
އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަރައްގީ ނުވާނެ: އިބޫ
އައްޑޫގެ އެތައް ސަތޭކަ ބަޔަކު ވަނީ އިބޫއަށް މަރުހަބާ ކިއުމަށް ނުކުމެފައި
އައްޑޫއަށްފަހު ފުވައްމުލަކަށް ވަޑައިގަންނަވާނެ

އައްޑު ތަރައްގީ ނުވެ ރާއްޖެ ތަރައްގީއެއް ނުވާނެ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންގައި ފުރަތަމަ ކުރައްވާ ދަތުރުފުޅުގައި ހުކުރު ދުވަހު ހަވީރު އައްޑޫ އަށް ވަޑައިގެން، ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި އިބޫ ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް އަނިޔާވެރިކަން ނައްތާލަން އައްޑޫގެ ރައްޔިތުން ބޭނުންވާކަން މިއަދު ވެސް ހާމަވެގެން ގޮސްފި ކަމަށެވެ.

"އަޅުގަނޑަށް ފެނިގެން ދިޔައީ މިރާއްޖެ މިިހާރު އޮތް ހާލަތުން އަރައިގަތުމަށް އައްޑޫ ސިޓީގެ ރައްޔިތުން ކެތް މަދުވެފައި ތިބިކަން، އަޅުގަނޑަށް ޔަގީން މި އައްޑޫން ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ" އިބޫ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އައްޑޫސިޓީއަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރެއްވިކަމަށާއި އެއީ އެކަން އޮންނަންޖެހޭނެ ގޮތްކަމަަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ރައީސް ނަޝީދު ފައްޓަވައިދެއްވާފައި ހުރި ތަރައްގީގެ މަޝްރޫއު ތަކަކީ ހިފެހެއްޓުމެއްނެތި މަޑުޖެހުމެއްނެތި އަޅުގަނޑުމެން ކުރިޔަށް ގެންދާނެ ކަންކަންކަމަށް" ބޮޑު ތާއީދެއް ފެނިގެންދިޔަ އައްޑޫގައި ހުންނަވައި ވިދާޅުވިއެވެ.

އިބޫއަށް މަރުހަބާކިޔުމަށް އެތައް ސަތޭކަ ބަޔަކު އެއާޕޯޓަށް ދިޔަ އިރު، ގިނަ ބަޔަކު ފާހަގަކުރަނީ މިއަދަކީ އައްޑުއަށް އައި އީދެއްގެ ގޮތުގަ އެވެ

އިބޫ އަށް މަރުހަބާ ކިޔުމަށްޓަކައި 700 އަށް ވުރެ ގިނަ މީހުން ގަން އެއާޕޯޓަށް ޖަމާވިކަމަށް އައްޑޫގައި ހުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ބުނެފައިވެއެވެ.

ފުވައްމުލަކު ސިޓީއަށް އިބޫ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގައެވެ. އަދި އެ ސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމުގެ އިތުރަށް އެރަށުގެ ކެމްޕެއިން ޓީމްތަކާއި އިބޫ ބައްދަލުކުރައްވާނެއެވެ. އާދިއްތަ ދުވަހު ފުވަމުއްލަކުން އެނބުރި އައްޑޫއަށް ވަޑައިގެން މަރަދޫ އާއި ހިތަދޫގެ ގެތަކަށް އިބޫ ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
16 ޖުލައި 2018 | ހޯމަ 18:25
ބޯހަލާކު
ދެން ތިބީ ދިވެހި ރައްޔިތުން ނެއްނޫންތަ ތިޔޭގޯސްވާ ތަންކޮޅާކީ.
16 ޖުލައި 2018 | ހޯމަ 18:25
ބޯހަލާކު
ދެން ތިބީ ދިވެހި ރައްޔިތުން ނެއްނޫންތަ ތިޔޭގޯސްވާ ތަންކޮޅާކީ.