ކ. މާލެ
|
14 ޖުލައި 2018 | ހޮނިހިރު 21:24
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމް: ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވި
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމް: ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވި
މުހައްމަދު ޝަރުހާން
މަރުގެ އަދަބުދިނުން
ޝަހީމް ވިދާޅުވަނީ މަރުގެ އަދަބު ތަންފީޒު ނުކުރެވެނީ
ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވި
ތަންފީޒީ އިދާރާތަކާ ސުވާލު ކުރަން އެދިވަޑައިގެންނެވި
ބާރު އެޅުއްވުމަކީ ނައިބުގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވި

މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، އެކަން ލަސްކުރަމުންދާތީ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާ ސުވާލު ކުރެއްވުމުން "ފިނި ޖަވާބެއް" ދެއްވައިފިއެވެ.

މަރުގެ އަދަބު ތަންފީޒު ކުރުން ސަރުކާރުން ލަސްކުރަމުންދަނީ ކީއްވެގެންތޯ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޝަހީމުއާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ސީދާ ޖަވާބެއް ނުދެއްވައެވެ.

އެ ސުވާލު އެންމެ ފުރަތަމަ ކުރެއްވުމުން ޝަހީމް ވިދާޅުވީ ކަމެއް ކުރަން ފުރުސަތު ނުލިބެނީ "ތިބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން" ކަމަށެވެ.

"ކަމެއް ކުރާކަށް ފުރުސަތެއް ނުލިބޭ ތިބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން. އެހެންވީމަ ކަމެއް ކުރަން ފުރުސަތު ލިބިގެންދޯ އެ ކަމެއް ކުރެވޭނީ. އެކަމެއް ކުރަން ދައުލަތުން ބޭނުންވާ ވަރަށް ނުކުރެވިގެން ނޫންތޯ މިއުޅެނީ،" ޝަހީމް ވިދާލުވިއެވެ.

މަރުގެ އަދަބު ނުދީ ލަސްކުރަމުންދާ ސަބަބު އޮޅުންފިލުވުމަށް އެކި ގޮތްގޮތަށް ސުވާލު ކުރުމުން އެންމެ ފަހުން ޝަހީމް ވިދާޅުވީ އެ ސުވާލު އަމާޒު ކުރަންޖެހޭނީ ތަންފީޒީ އިދާރާތަކަށް ކަމަށެވެ. އަދި ވިދާޅުވީ އިސްލާމް ދީނުގައި އޮތް ހުކުމެއް ވެއްޖެއްޔާ އެ ހުކުމެއް ތަންފީޒު ކުރުމުގެ އަޒުމް ސަރުކާރުގައި އޮތް ކަމަށެވެ.

"އެ ދެން ތަންފީޒީ އިދާރާތަކާ ސުވާލު ކުރައްވާދެއްތޯ؟ އަޅުގަނޑުމީ އެ މަރުހަލާގައި ފެށުނުއިރުގައި ސަރުކާރުގައި ހުރި މީހެއް ދެއްތޯ؟ އެ ގަވާއިދު ހެދުމާއި ރައީސުލްޖުމްހޫރިއްޔާ އެކަންކަމުގައި ދީނީ އިލްމުވެރިންގެ ލަފާފުޅު ވެސް ހޯއްދެވި. ސަރުކާރު އެބަ އޮތް އަޒުމް، އިސްލާމް ދީނުގެ އޮތް ހުކުމެއް ވެއްޖެއްޔާ އެ ހުކުމެއް ތަންފީޒު ކުރުމުގެ އަޒުމް، އެބަ އޮތް،" ޝަހީމް ވިދާޅުވިއެވެ.

މަރުގެ އަދަބު ތަންފީޒު ކުރަން ބާރު އަޅުއްވާނަންތޯ ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ "އެއީ ނައިބު ރައީސްގެ މަސްއޫލިއްޔަތެއް ނޫން،" ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
13 ޖުލައި 2018 | ހުކުރު 04:14
kamakunudhey
shaheemge interview belunu. interview in dheyhavee haheem vice akah naagaabil beyfulhehkan. dheeneeilmu veriaku ikhthiyaaru kuranjehey sababeh nufenunu..ei aharenge kameh noon raees meehaage kameh. egothahgos komme kamehves bolun katuvaalithan fenuny. Shaheemah vice kan dheyn jehey ehves reason eh nufenunu. miulheny raees yameen dheenah furahsaara kuraavarun. corruption inthiaa ah gosfi. Aniyaaverikan hahdhufahana alhaifi. mihengos kiyaanekameh neiy.. veeiru vice akah meehaku hovaairu emeehalu ehves varakah thikankamaa mashakaa thikankamakaa keekeyhey bunaa meehaku KAMAKUNUDHEY thi maqaamakah.. Yameen ah vote dheymeehaku dheynvee hama. kommehen.shaheem inyma eyna kameh kuraane kamakah noon..