ކ. މާލެ
|
13 ޖުލައި 2018 | ހުކުރު 00:13
ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓު ދޭން ޖެހޭ، އެކަމަކު ޖަވާބު ދޭކަށް ނުޖެހޭ؟!
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ އަޑުއިވިވަޑައިނުގަނޭ
ރަނިންގމޭޓްކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެއިން އެއްވެސް ކަމަކާއި ބެހޭ ގޮތުން ރައީސް ޔާމީންއާއި ސުވާލު ނުކުރައްވާ

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ އަޑުއިވިވަޑައިނުގަންނަވާކަމަށާއި، ރަނިންގމޭޓްކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެއިން އެއްވެސް ކަމަކާއި ބެހޭ ގޮތުން ރައީސް ޔާމީންއާއި ސުވާލު ނުކުރައްވާކަމަށް އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެރޭ ކުރެވުނު ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ޝަހީމް ވިދާޅުވަމުން ގެންދެވީ ސުވާލު ކުރެވުނު ދާއިރާގެ ކަމާއި ބެހޭ އޮފީހަކުން ނުވަތަ އެކަމާއި ގުޅުން ހުރި އެހެން މީހަކާއި ސުވާލުކުރުމަށެވެ. ޝަހީމް ވަޒީރުކަމުގައި ހުންނަވަނިކޮށް އަނބިކަނބަލުން ބޭރުގެ މީހަކާއިއެކު ވިޔަފާރި ކުންފުންޏެއް ހެދި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ހިސާބަށް ދިޔަ މައްސަލައިގައި ސުވާލުކުރުމުން އެކަމާއި ބެހޭ ގޮތުން ޕީޖީއާއި ސުވާލުކުރެއްވުމަށް ވިދާޅުވިއެވެ. 

ޝައިޚް އިމްރާން އަބްދުﷲ ހައްޔަރުކުރެވުނު މައްސަލައިގައިވެސް އަދި ހުކުމްކުރުމުގެ މައްސަލައިގެ އިތުރުން ކާނަލް ނާޒިމްގެ މައްސަލައިގައިވެސް ޕީޖީއާއި ފަނޑިޔާރުގެއާއި އެކަމާއި ބެހޭ ގޮތުން ސުވާލުކުރުމަށް ދެންނެވިއެވެ. މީގެ އިތުރުންވެސް ރައީސް ޔާމީންގެ ސަރުކާރުގެ ގިނަ ސިޔާސަތުތަކަކާއި ބެހޭ ގޮތުން ސުވާލުކުރުމުން އެކަންކަމާއި ބެހޭ ގޮތުން އެމަނިކުފާނުގެ ޚިޔާލު ފާޅުކުރެއްވުމަށް ދެކޮޅު ހެއްދެވިއެވެ. 

ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ޝަހީމް ކުރުކޮށް ވިދާޅުވީ އެކަމާއި ބެހޭ ގޮތުން އެހެން އިދާރާތަކާއި ސުވާލުކުރުމަށެވެ. 

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ ޤައުމުގެ ނައިބު ރައީސްކަމުގެ މަޤާމާއި ހަވާލުވާން މަސައްކަތްކުރައްވާ ބޭފުޅަކު ރައްޔިތުން އަހަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ، އެއިން ރެކިވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެމަނިކުފާނު ވޯޓު ހޯއްދަވަން ރައްޔިތުންގެ އަރިހަށް ވަޑައިގެން ދައްކަވާނީ ކޮން ވާހަކައެއްތޯ ސުވާލު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
13 ޖުލައި 2018 | ހުކުރު 07:50
ހުސެން
ޔާމިނުއެއް ނުހޮވޭނެ، ޝަހީމަށް ހީވަނީތަ ރައްޔިތުންނަކީ މޮޔައިންކަމަށް؟ ދީނީ އިލްމުވެރިންނޭ ކިޔައިގެން އުޅޭ މީހުނަށްވެސް ފައިސާ ފެނުނީމަ ވާގޮތްދޯ
12 ޖުލައި 2018 | ބުރާސްފަތި 19:57
ކެއޮޅުބެ
މުސްކުޅިން ބުނެއުޅެއެންނު ކާޅުކެއަސް ސޮއްނުގޮވާށޭ އެހެންވީމާ އެމީހަކާނުބެހޭ ކަމަކާ ނުބެހުނިއްޔާ މާރަނގަޅުވާނެ ނޫންތޯ ޝަހީމު އާ ނުބެހޭ ކަންތައްތަކާ މުޅިންވެސް ރ.ޓީީވީގަ އިންމީހާ ވާާހަކަދެއްކީ ނޫންތަ އަޅެ