ކ. މާލެ
|
13 ޖުލައި 2018 | ހުކުރު 00:35
ސީ އެމްބިޔުލާންސްއެއް އެމްއެންޑީއެފްއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: އެމްއެންޑީއެފް
ސީ އެމްބިޔުލާންސްއެއް އެމްއެންޑީއެފްއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ޗައިނާ ސަރުކާރުން ސީ އެމްބިޔުލާންސެއް ރާއްޖެއަށް ހަދިޔާ ކޮށްފި
މި ސީ އެމްބިޔުލާންސް އަކީ މެޑިކަލް މިނީ ތިއޭޓަރއެއްގެ ގޮތުގައި ބޭނުންކުރެވޭ ވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެސިލިޓީޒްތައް ގާއިމްކޮށްފައިވާ ސީ އެމްބިޔުލާންސްއެއް

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސީ އެމްބިޔުލާންސްއެއް އެމްއެންޑީއެފްއަށް ހަދިޔާ ކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ސީއެމްބިޔުލާންސް އެމްއެންޑީއެފްއާ ހަވާލު ކުރެއްވުމަށް ކޯސްޓްގާޑު ބިލްޑިންގ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، މިކަމާގުޅޭ އެއްބަސްވުންތަކުގައި ދެ ފަރާތުން ވަނީ ސޮއިކުރައްވާފައެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާ ވަފުދުގެ އިސްކޮށް ހުންނެވި ލެފްޓިނެންޓް ކާނަލް ޗެން ޒިއާއޯއެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުއެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޒުހައިރު ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖެއަށް ލިބުނު ސީ އެމްބިޔުލަންސް ސަބަބުން ދެ ގައުމުގައި އޮތް އެކުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ 26 މީޓަރުގެ ދިގުމިން ހުންނަ މި ސީ އެމްބިޔުލާންސް އަކީ މެޑިކަލް މިނީ ތިއޭޓަރއެއްގެ ގޮތުގައި ބޭނުން ކުރެވޭ ވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެސިލިޓީޒްތައް ގާއިމްކޮށްފައިވާ ސީ އެމްބިޔުލާންސްއެއް ކަމަށެވެ.

މިގޮތުން މި އުޅަނދުގައި ބައެއް ސްކޭން ޚިދުމަތްތަކާއި، އީސީޖީގެ ޚިދުމަތާއި އައިވީގެ ހުރިހާ ފެސިލިޓީޒްއެއްގެ އިތުރަށް އޮކްޖީސަން ދެވޭ ޚިދުމަތްތައް ވަނީ ޤާއިމް ކޮށްފައެވެ. މި އުޅަނދު އޮޕަރޭޓްކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް