Advertisement
ކ. މާލެ
|
21 ޖެނުއަރީ 2017 | ހޮނިހިރު 15:45
ޓުއަރިސްޓުންގެ ހަށިގަނޑު
ޓުއަރިސްޓުންގެ ހަށިގަނޑު
ރާއްޖެއެމްވީ
މޫދަށް އެރިއުޅުނު ދެ ފަތުރުވެރ
ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
ތުޅާގިރި އާއި ބަރޮސް ކަރިން ދެ ހަށިގަނޑު ފެނުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7.00 އާއި 8.00 ދެމެދުގެ ވަގުތެއްގައި

މާލެ އަތޮޅު މީރުފެންފުށި ކައިރިއަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ތުޅާގިރި އާއި ބަރޮސް ކައިރިން ދެ ހަށިގަނޑު ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ތުޅާގިރި އާއި ބަރޮސް ކަރިން ދެ ހަށިގަނޑު ފެނުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7.00 އާއި 8.00 ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

މިދެ ހަށިގަނޑަކީ މާލެ އަތޮޅު މީރުފެން ފުށި ކައިރިއަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. މި ދެ މީހުންގެ ހަށިގަނޑި މިހާރު ވަނީ މާލެ ގެނެސް މޯޗަރީ އަށް ލާފައެވެ.

މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ އުމުރުން 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މިއަދު ފެނުނު ދެ ހަށިގަނޑަކީ މިދެ ފަތުރުވެރިންގެ ހަށިގަނޑު ކަމެއް ފުލުހުން ޔަގީންކޮށް ނުދޭ އިރު މިއަދު ފެނުނު ދެ ހަށިގަނޑަކީ ވެސް އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ ހަށިގަނޑު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް