ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 17:12
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް
މުހައްމަދު ޝަރުހާން
އީސީ ޕްރެސް
އިބޫއަށް ހަމަލާދިނުމަށް އުޅުނު މައްސަލަ ދަނީ ބަލަމުން: އީސީ
ކެންޑިޑޭޓުންގެ ކެމްޕެއިންގެ ހަރަކާތްތައް ގާތުން ބަލާނީ ރަސްމީކޮށް ކެންޑިޑޭޓުން އިއުލާނު ކުރުމަށް ފަހު
މިހާރު ދިމާވާ ދަތިތައްވެސް ދާނީ ބަލަމުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާދޭން އުޅުނު މައްސަލަ ބަލަމުންދާ ކަމަށާއި ރަސްމީކޮށް ކެންޑިޑޭޓުންގެ ކަންކަން މޮނިޓަރކުރަން ފަށާނީ ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކުރެވި ރަސްމީ ކެމްޕެއިން ހަރަކާތްތައް ފެށުމުން ކަމަށް އިލެކްޝަންސްކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކެންޑިޑޭޓުންގެ ކަންކަން ރަސްމީކޮށް ބަލަހައްޓާނީ ރަސްމީކޮށް ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކުރެވެމުން ކަމަށާއި ޕާޓީތަކުން ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށްޓަކައި ގެންދާ ހަރަކާތްތައް އޭރުން ބަރާބަރަށް މޮނީޓަރ ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ކުރިން މިހާރު ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ސިޔާސީ ހަރަކާތްތަކެއް. އެފަދަ ހަރަކާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ދޭތެރެ ދޭތެރެއިން ސަލާމަތީ ކަންކަން ބަލަހައްޓާ ބޭފުޅުންނާއި މަޝްވަރާކުރަން. އިބޫގެ އަށް ބަޔަކު ހަމަލާދިނުމަށް މަސައްކަތް ކުރި މައްސަލަ ފުލުހުންނާއި ގުޅިގެންދަނީ ބަލަމުން. އެކަމަށް ކޮން ކަހަލަ ހައްލެއްތޯ އަދި އެހެން ހިންގާ ހަރަކާތްތަކުގައި ހަރަކާތް ހިންގާ ބޭފުޅުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކާއި ކޮންކަހަލަ އިތުރު ފިޔަވަޅުތަކެއްތޯ އެޅޭނީ." ޝަރީފު ވިދާޅުވިއެވެ.

އިންތިހާބާއި ގުޅޭ ގޮތުން އިތުރަށް ކޮމިޝަނުގެ ރައީސް ވިދާޅުވީ، ބަޖެޓު ނުލިބެން އިންތިހާބު ލަސް  ނުވާނެ ކަމަށާއި ފިނޭންސް މިނިސްޓްރީން އިންތިހާބަށް ބޭނުންވާ ބަޖެޓު ހަމަޖައްސާދީފައިވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް