ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 17:09
އިބޫގެ ކެމްޕެއިން ޓީމު އަންގާރަ ދުވަހު ހުޅުމާލެ އަށް ޒިޔާރަތްކުރުމުން ހިންގި ހަމަނުޖެހުމުގެ ތެރެއިން: އިބޫ އަށް ހަމަލާދޭން އުޅުނު މީހުން އަދިވެސް ހައްޔަރެއް ނުކުރޭ -- ފޮޓޯ: މުހައްމަދު ޝަރުހާން
އިބޫގެ ކެމްޕެއިން ޓީމު އަންގާރަ ދުވަހު ހުޅުމާލެ އަށް ޒިޔާރަތްކުރުމުން ހިންގި ހަމަނުޖެހުމުގެ ތެރެއިން: އިބޫ އަށް ހަމަލާދޭން އުޅުނު މީހުން އަދިވެސް ހައްޔަރެއް ނުކުރޭ -- ފޮޓޯ: މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ނުބުންޏަސް އިބޫގެ ކެމްޕެއިން ހަރަކާތް ހިނގާއިރު ވެސް ފުލުހުން ސަލާމަތްތެރިކަން ބަލަހައްޓަދޭން ޖެހޭ: މާރިޔާ
އިބޫ އަށް ހަމަލާދިން މައްސަލައިގައި އެމްޑީޕީއަށް އަދި ޖަވާބެއް ނުދޭ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތް ހިންގާތަން ތަނުގެ ސެކިއުރިޓީ ވެސް ފުލުހުން ބަލަހައްޓަދޭން ޖެހޭނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިބޫއަށް ހުޅުމާލެއިން ބަޔަކު މީހުން  ހަމަދޭން އުޅުނު މައްސަލަ ފުލުހުންނަށް ހުށައަޅާފައިވީ ނަމަވެސް ރަސްމީ އެއްވެސް ޖަވާބެއް އަދި މިހާތަނަށް ދީފައިނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.  

"މުޒާހަރާއެއް ކުރަން އުޅެންޏާ އެތަނަށް ދުވެފައި ފުލުހުން ދޭ.  އެންމެ ރަނގަޅު ދެ މީހުން އެއްވިއަސް، މިގޮތަށް އަޅުގަނޑުމެން ދޮރަށް ދޮރަށް ހިނގާއިރު ވެސް އަޅުގަނޑުމެންގެ އެދުމަކީ ފުލުހުން ވަޑައިގެން އެތަނުގެ ސަލާމަތީ ކަން ކަން ބަލަހައްޓާދޭން،" މާރިޔާ އަހްމަދުދީދީ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އިބޫ އައްޑޫ އާއި ފުވަމުއްލަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް އެމަނިކުފާނުގެ ޓީމަށް ފުލުހުން ރައްކާތެރިކަން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިބޫއަށް ސެކިއުރިޓީ ދޭން ފުލުހުންނަށް ރަސްމީ ސިފައެއްގައި އެދެން ވެސް ގަސްތުކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް