ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 17:02
ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ މައިކަލް އޭރަން ނީ ނޯރޓޭ އޮކުއަޔޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވަނީ
ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ މައިކަލް އޭރަން ނީ ނޯރޓޭ އޮކުއަޔޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވަނީ
ރައީސް އޮފީސް
ރައީސް އޮފީސް
ގާނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ފަތްކޮޅު އެރުވީ އެކަމަށް އޮތް ހާއްސަ ރަސްމިއްޔާތެއްގައި މިއަދު

ގާނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ މައިކަލް އޭރަން ނީ ނޯރޓޭ އޮކުއަޔޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށް ފަހު، ގާނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި  ވަނީ މަރުހަބާ ދަންނަވާފައި ކަމަށެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ގާނާއާ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމު ކުރިތާ ތިރީސް އަހަރު ފުރެން ކައިރިވެފައިވާކަން ފާހަގަ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގާނާގެ އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ގާނާއާ ދެމެދުގައިވާ ގާތް އެކުވެރި ގުޅުން އިތުރު ރޮނގުތަކުން ބަދަހިވާނެކަން ޔަޤީން ކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ދެޤައުމުގައި ހުރި އެއްގޮތް މައްސަލަތަކާއި އަދި ޚާއްޞަ ގޮތެއްގައި ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ މިފަދަ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގާނާގެ ސަފީރުވަނީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށާއި ވިދާޅުވި ހޫނު މަރްޙަބާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެއްވެން ހުރި މަސައްކަތްޕުޅު ތަކާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މީހުން ބިނާކުރުކުރުމުގެ ދާއިރާގެ އިތުރުން ވަކިން ޚާއްޞަކޮށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއާއި ގުޅޭގޮތުން ދެބޭފުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް