ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 16:31
ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން
ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން
ފެނަކަ ކޯޕަރޭޝަން
ރައީސް ނަޝީދަށް އިންޒާރުދިނުން
ނަޝީދަށް މަރުގެ އިންޒާރު ދީފައި ވަނީ އެކައުންޓް ހެކްކޮށްގެން: ފެނަކައިގެ އެކްޓިން އެމްޑީ
ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލާފައިވާ ޓްވީޓް ވަނީ ފަހުން ޑިލީޓްކުރައްވާފައި
ލަމްއާން ބުރާސްފަތި ދުވަހު ވަނީ އޭނާގެ ޓްވިޓާ އެކައުންޓް އަނބުރާ ލިބިފައިވާ ކަމަށް ވިދާޅުވެފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދީ އެމަނިކުފާނު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލި ފެނަކަ ކޯޕަރޭޝަނުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާންގެ އެކައުންޓުން ޓްވީޓްކުރީ ހެކްކޮށްގެން ކަމަށް އެކުންފުނިން ބުނެފިއެވެ. 

ރައީސް ނަޝީދު މިމަހުގެ 10 ވަނަ ދުވަހު ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވައި ލައްމާންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށފައިވާ ރިޕްލައިގައި އޭނާ ވަނީ ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދަކީ މީހުންގެ ހިތްތަކުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި އެ ޓްވީޓްގައި ވަނީ ސިފަކޮށްފައެވެ. ގިނަ ބައެއްގެ ފާޑުކިޔުމާއި މީޑިއާތަކުގެ ސަމާލުކަން ލިބުމާ ގުޅިގެން މި ޓްވީޓް ފަހުން ވަނީ ޑިލީޓްކޮށްފައެވެ. 

 

ލައްމާން އެކައުންޓުން ބުރާށްފަތި ދުވަހު ކޮށްފައިވާ ޓްވީޓް

 

މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ލައްމާންގެ ޕާސަނަލް ޓްވިޓާ އެކައުންޓް ހެކްކޮށް، ބަޔަކު އެ އެކައުންޓް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ސަމާލުކަމަށް ގެންނަ ކަމަށެވެ. އަދި އެމައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަމުން ގެންދާ ކަމަށާއި ދޮގު މައުލޫމާތުތަކަށް މީޑިއާ އިން ސަމާލުވެ ތިބުމަށް އެދޭ ކަމަށެވެ. 

ލަމްއާން ބުރާސްފަތި ދުވަހު ވަނީ އޭނާގެ ޓްވިޓާ އެކައުންޓް އަނބުރާ ލިބިފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް