ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 11:23
ނިއުމާ މުހައްމަދު
ނިއުމާ މުހައްމަދު
ފޭސްބުކް
ދިވެހިފިލްމް
ނިއުމާގެ ވަދާއީ ފިލްމް 'ނިވައިރޯޅި' އޮކްޓޯބަރ ގައި ރިލީޒް ކުރަނީ
 
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 ގައި

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ކުޅޭ އެންމެ ފަހު ފިލްމު، "ނިވައިރޯޅީ" މިއަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރަން ހަމަޖައްސައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ނިއުމާ ބުނީ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 ގައި ކަމަށެވެ. އަދި ރ. އަތޮޅުގައި ނެގުމަށް ހަމަޖެހައިފައިވާ ފިލްމްގެ ހުރިހާ ޝޫޓިންއެއް ނަގައި ނިމިފައިވާ ކަމަށާއި މިހާރު ޝޫޓް ކުރަމުންދަނީ މާލޭގައި ނެގުމަށް ހަމަޖެހިފައިވާ މަންޒަރުތައް ކަމަށެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް ނިއުމާ ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑް ކާސްޓުންނަކީ ނިއުމާ އާއި ޔޫއްޕެއެވެ.

ފަންސަވީސް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ހުރިހާ އިންޑޯ މަންޒަރެއް ނަގާފައި ވަނީ ރ. އިނގުރައިދޫގައެވެ. އަދި އެ އަތޮޅު އުނގޫފާރާއި މާލޭގައި ވެސް ފިލްމުގެ ބައެއް މަންޒަރުތަކެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ކުރިން ނިއުމާ ވަނީ ބުނެފައެވެ.

ފިލްމްގެ ބޮޑު ބައެއް ޝޫޓްކޮށް ނިމިފައިވާ މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީއެވެ.

މި ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މެދުނުކެނޑި 20 އަހަރު ގުނަމުންދާ އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް