ކ. މާލެ
|
11 ޖުލައި 2018 | ބުދަ 23:39
ކުރީގެ ރައީސް ނަޝީދު ރައްޔިތުންނާ މުހާތަބު ކުރައްވަނީ...
ކުރީގެ ރައީސް ނަޝީދު ރައްޔިތުންނާ މުހާތަބު ކުރައްވަނީ...
ފޭސްބުކް
ރައީސް ނަޝީދު
ރައްޔިތުންނަށްޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު ރައީސް ޔާމިންގެ ހުންނަން ޖެހޭނެ: ރައީސް ނަޝީދު
އީޔޫ އިން އަޅާ ފިޔަވަޅުން ރާއްޖޭގެ ރައްޔިތުންގެ ނުހަނު ގެއްލުންވާނެ
ވެރިކަމުގެ ލައްޒަތާއި އަރާމަކީ ހުރިހާ އެއްޗެއް ނޫން

ރައްޔިތުންގެ މަންފާއަށްޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ހުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިމަހު މެދުތެރޭއިން ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޔާމިން ވިދާޅުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫއިން އަޅާ ފިޔަވަޅުން ރާއްޖޭގެ ރައްޔިތުންގެ ނުހަނު ގެއްލުން ވާނެކަން ރައީސް ޔާމިނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ހުރިހާ ގޮތަކުން ރާއްޖެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ލައްޒަތާއި އަރާމަކީ ހުރިހާ އެއްޗެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަންފާއަށްޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު މަނިކުފާނުގެ ކިބައިގައި ވެސް ހުންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އީޔޫ އިން ރާއްޖެއާ މެދު ފިޔަވަޅުއަޅާނެ ކަމަށް އިންޒާރުދީފައިވާއިރު ރައީސް ޔާމިން ވިދާޅުވީ އެކަންކަމާ ގުޅިގެން ސަރުކާރުން ވާހަކަ ދައްކަވަމުން ދިޔަ ނަމަވެސް، އީޔޫ އިން ވެސް ގަބޫލު ކުރަނީ އިދިކޮޅު މީހުންގެ ވާހަކަ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ދޫނުކޮށް ހިފަހައްޓާނެ ކަންކަން ހުންނާނެ ކަމަށާއި އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައިވާ ނަމަ އެކަންކަމުގައި ﷲ އަށް ވަކީލުކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯދާނީ ކަމަށެވެ.

އީޔޫއިން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުތަކެއްވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ މިހާރު ކަންބޮޑުވުންފާޅު ކުރަމުންނެވެ. ނަމަވެސް ރައްޔިތުންނަށް ކޮންމެ ދެރައެއް ލިބުނަސް ރައީސް ޔާމީނު ގޮތްދޫނުކުރައްވާނެ ކަމަށް ދަނީ ބުނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 ޖުލައި 2018 | ބުދަ 19:07
މާނު
ރައްޔިތުންނަށްޓަކައި ވެރިކަން ދޫކުރާ ކަށް ނުޖެހޭނެ ރައްޔިތުންނަށް ޓަކައި ވެރިކަމުގަ ދެމިހުންނަން ޖެހޭނީ... ތީ ކަހަލަ ފިނޑިއެއް ނޫނޭ އެއީ