ކ. މާލެ
|
11 ޖުލައި 2018 | ބުދަ 18:45
ރާއްޖެ ޓީވީގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން އެ ޕާޓީގެ އޮފީހުގައި ބައްދަލުކުރައްވަނީ
ރާއްޖެ ޓީވީގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން އެ ޕާޓީގެ އޮފީހުގައި ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ ރޭސް 2018
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރާއްޖެޓީވީން އެމްޑީޕީ އާއި ޖޭޕީއާ ބައްދަލުކޮށްފި
ރާއްޖެޓީވީއަކީ ފުރުސަތު ދިނުމުގައި އަބަދުވެސް ހަމަހަމަ ސިޔާސަތެއް ގެންގުޅޭ ސްޓޭޝަނެއް
ހަމަހަމަ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ޕާޓީތަކާއި އަދި އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުންނާ ބައްދަލުކުރަން ރާއްޖެޓީވީން ވަނީ ނިންމާފައި

ރިޔާސީ އިންތިހާބުގެ ކަވަރޭޖް ކުރިއަށް ގެންދިއުމާ ގުޅޭ ގޮން މަޝްވަރާކުރުމަށް ރާއްޖެޓީވީން އެމްޑީޕީ އަދި ޖޭޕީއާ ބައްދަލުކޮށްފިއެވެ.

ރާއްޖެޓީވީއަކީ ފުރުސަތު ދިނުމުގައި ހަމަހަމަކަން ސިޔާސަތެއްގެ ގޮތުން އަބަދުވެސް ގެންގުޅެމުން އަންނަ ސްޓޭޝަނަކަށް ވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަވަރޭޖް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއާ ބުދަ ދުވަހު ބައްދަލުކޮށްފައެވެ. އެމްޑީޕީއާ އެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ރާއްޖެޓީވީގެ ފަރާތުން އެ ސްޓޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސަލީމާއި ސްޓޭޝަންގެ ސީއޯ ހުސެއިން ފިޔާޒު މޫސާގެ އިތުރުން އެކްސްކޯގެ މެމްބަރުން ބައިވެރިވަޑައިގަތެވެ. އަދި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުގެ އަދި ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒުގެ އިތުރުން މީޑިއާ ކޮމެޓީގެ މެމްބަރުން ބައިވައިވެރި ވަޑައިގެންނިކަން ފާހަގަކޮށްލެއެވެ.

ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ރާއްޖެޓީވީގެ ފަރާތުން އެ ސްޓޭޝަންގެ ސީއޯ ހުސެއިން ފިޔާޒު މޫސާ އާއި، އެގްސެކްޓިވް ޑިރެކްޓަރު ނާޒުމީ ސައީދުގެ އިތުރުން ޕްރޮގްރާމް ހެޑް އާމިރު ސަލީމް ބައިވެރިވަޑައިގެންނެވި އިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ޗީފް ސްޕޯކްޕާސަން އަލީ ސޯލިހުގެ އިތުރުން އެޕާޓީގެ ކައުންސިލް މެމްބަރު އާދަމް އާޒިމް ބައިވެރިވަޑައިގަތެވެ.

ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަލީމާއި ސީއޯ ހުސެއިން ފިޔާޒު މޫސާ

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ރިޔާސީ އިންތިހާބުގެ ކަވަރޭޖް ގެނެސްދިނުމުގައި ހުރިހާ ފަރާތެއްގެ ހިޔާލާއި ވާހަކަތައް ރާއްޖެޓީވީގެ ކޮންޓެންޓްގައި ހިމެނުމަށްޓަކައި ކުރެވިދާނެ ކަންތަންތަކާއި، މިހާރު ކުރިއަށްގެންދަން ރާއްވާފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުންނެވެ. އެގޮތުން ރާއްޖެޓީވީން ވަނީ ހުރިހާ ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމަށް ސިޓީ ފޮނުވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް