ކ. މާލެ
|
11 ޖުލައި 2018 | ބުދަ 17:54
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މާލޭ ގެތަކަށް ހިންގަވައި މީހުންނާ ބައްދަލުކުރައްވަނީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މާލޭ ގެތަކަށް ހިންގަވައި މީހުންނާ ބައްދަލުކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫގެ ފުރަތަމަ ކެމްޕެއިން ދަތުރު އައްޑޫ އާއި ފުވަމުއްލަކު ސިޓީއަށް
އިބޫ އައްޑޫ ވަޑައިގަންނަވާނީ ހުކުރު ދުވަހު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ ރަށްތަކަށް ފުރަތަމަ ކުރައްވާ ދަތުރުފުޅުގައި އައްޑޫ އާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.  

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ، އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ. އަދި އެރޭ އައްޑޫ ސިޓީ ހިތަދޫގައި ކެމްޕެއިން ޓީމްތަކާ އެކު އެމްޑީޕީގެ ހަރުގޭގައި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. އަދި ހޮނިހިރު ދުވަހު ފޭދޫގައި ދޮރުން ދޮރަށް ކެމްޕެއިން ފެއްޓެވުމަށް ފަހު އެރަށުގައި އެ ހަރަކާތް ހިންގަންވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ފަހުން ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ދެ ރަށުގައި ވެސް އެ ދުވަހު ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދިއުމާއި ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރެއްވުމަށް ވަނީ އިންތިޒާމް ކޮށްފައެވެ.

އައްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން:- އިބޫ އަންނަ ހުކުރު ދުވަހު އައްޑޫއަށް ވަޑައިގަންނަވާނެ 

ފުވައްމަލު ސިޓީއަށް އިބޫ ވަޑައިގަތުމަށް ހަމަޖައްސަވާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުއެވެ. އަދި އެ ސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމުގެ އިތުރަށް އެރަށުގެ ކެމްޕެއިން ޓީމްތަކާ އިބޫ ބައްދަލުކުރައްވާނެއެވެ. އާދިއްތަ ދުވަހު ފުވަމުއްލަކުން އެނބުރި އަނެއްކާ ވެސް އައްޑޫއަށް ވަޑައިގެން މަރަދޫ އާއި ހިތަދޫގެ ގެތަކަށް އިބޫ ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.

ކެންޑިޑޭޓޭއްގެ ގޮތުގައި ކަނޑައެޅި ފަހުން އިބޫ ވަނީ މާލޭ ސިޓީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާފައެވެ. އެގޮތުން މާލެ އާއި ވިލިމާލެ އަދި އަންގާރަ ދުވަހު ހުޅުމާލޭގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އައްޑޫ އާއި ފުވައްމުލަކުގެ ދަތުރަށް ފަހު އިތުރު ރަށްތަކަށް އެމަނިކުފާނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމްތައް ދަތުކުރާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް