ކ. މާލެ
|
11 ޖުލައި 2018 | ބުދަ 14:47
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސްގެ ދަތުރުފުޅު
މ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޔާމީން މާލެ ވަޑައިގެންފި
މ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެންނެވި
ދިއްގަރުގެ ނަރުދަމާ ނިޒާމު ފައްޓަވައިދެއްވި
ކޮޅުފުށީ ބަނދަރު ހުޅުވައިދެއްވާފައިވޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މ. އަތޮޅުގެ ހަތަރު ރަށަކަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ އެ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަންނަވާފައި ވަނީ  މ. ދިއްގަރަށެވެ. އެރަށަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ނަރުދާމާ ނިޒާމުގެ ހިދުމަތް ދިނުން ފައްޓަވައިދެއްވިއެވެ.

މީގެ އިތުރުން މ. މުލަކަށް ވަޑައިގެން މުލަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ދިނުން ފައްޓަވައިދެއްވާފައިވެއެވެ.  މ. މުއްޔަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫއު ނިމުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ މ. ކޮޅުފުއްޓަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް