ކ. މާލެ
|
11 ޖުލައި 2018 | ބުދަ 15:05
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާހިހު (އިބޫ)
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާހިހު (އިބޫ)
މުހައްމަދު ޝަރުހާން
އިބޫގެ ޓްވީޓް
ކެންޑިޑޭޓަކަށް ކަނޑައެޅި ފަހުން އިބޫގެ ފުރަތަމަ ޓްވީޓު: ​​​​​​​ރައްޔިތުން ބޭނުންވަނީ ހެޔޮ ބަދަލު ކަށަވަރު ކުރަން
ޑޯޓުޑޯގެ ތެރެއިން ބައްދަލުވި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި
އިބޫއަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވޭ

ދިވެހި ރައްޔިތުންގެ އުންމީދަކީ ސިޔާސީ ހަރަކާތްކުގައި ސުލްހަވެރި ކަމާއެކު ބައިވެރިވެ ގައުމަށް ބެނުންވާ ހެޔޮ ބަދަލު ކަށަވަރު ކުރުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯކިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ އެ ގޮތަށް ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް އޭނާ ކަނޑައެޅިފަހުން ކުރެއްވި ފުރަތަމަ ޓްވީޓުގައެވެ.

އިބޫ ވިދާޅުވީ، ދިވެހި ރައްޔިުންގެ އުންމީދަކީ ސިޔާސީ ހަރަކާތްތަކުގައި ސުލްހަވެރި ކަމާއެކު ބައިވެރިވެ ގައުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުން ކަމަށާއި "ޑޯޓުޑޯ"ގެ ތެރެއިން އެމަނިކުފާނާ ބައްދަލުވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އިބޫ އެހެން ވިދާޅުވެފައިވާއިރު އަންގާރަ ދުވަހު ހުޅުމާލޭގައި ކުރިއަށްދިޔަ ޑޯޓުޑޯ ހަރަކާތްތަކަށް ބަޔަކު ވަނީ ހުރަސް އަޅާފައެވެ. އެގޮތުން އިބޫއަށް ހަމަލާ ދިނުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ކެމްޕެއިން ހަރަކާތުގައި ބައިވެރި ގިނަ ބައެއްގެ ގަޔަށް ވަނީ ކަޅު ތެޔޮ ޖަހާފައެވެ. ނަމަވެސް އެ އުނދަގޫތަކާއެކު ވެސް އިބޫ ވަނީ ހުޅުމާލޭގެ ގިނަ ގެތަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބައްލަވާލައްވާފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ދޭ ހަމަލާއަކުން ކެމްޕެއިންގެ ހަރަކާތައް ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް މި ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވާނެ ކަމަށެވެ. އިބޫ ވިދާޅުވީ އެ ބޭފުޅުން ނިކުމެ ތިއްބެވީ މި ރާއްޖެ އިން އަނިޔާވެރި ކަމާއި ބިރުވެރިކަން ނައްތާލުމަށް ކަމަށެވެ. އަދި މަސައްކަތުގައި ފަސްޖެހުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް