ކ. މާލެ
|
11 ޖުލައި 2018 | ބުދަ 19:03
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ހުސެއިން ރަޝީދާއި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލްް ނަސީމް ރަނިންގ މޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރާ ހަވާލު ކުރައްވަނީ
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ހުސެއިން ރަޝީދާއި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލްް ނަސީމް ރަނިންގ މޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރާ ހަވާލު ކުރައްވަނީ
ރާއްޖެ އެމްވީ
ކޯލިޝަންގެ ރަނިންގމޭޓް
ރަނިންގ މޭޓު ކަމަށް ޖޭޕީގެ ފަރާތުން ހުސެއިން އާއި ފައިސަލް ކުރިމަތި ލައްވައިފި
ރަނިންގ މޭޓްކަމަށް ކުރިމަތި ލެއްވީ ބުދަ ދުވަހު
ދެ ބޭފުޅުން ވެސް ވަނީ ގައުމު ކުރިއަށް ނެރެން އަތުކުރި އޮޅާލާފައި
އަނިޔާވެރިކަމުގެ ސަގާފަތް ނިންމަން ޖެހޭ

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނެރޭ ރަނިންގ މޭޓު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލްް ނަސީމް ކުރިމަތިލައްވައިފިއެވެ.

ބުދަ ދުވަހު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވެސް ވަނީ ރަނިންގމޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރާ ހަވާލު ކުރައްވާފައެވެ.

ފޯމް ހުށަހެޅުއްވުމަށް ފަހު ޑރ. ހުސެއިން ވިދާޅުވީ އެބޭފުޅާއަށް ތާއީދު ކުރައްވާނެ ކަމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ކަންދިމާކުރާ ގޮތުން އެ މަގާމަށް ހޮވިވަޑައި ނުގެންނެވި ނަމަވެސް އެއްވެސް ބޭފުޅަކާ ދޭތެރޭ ހަސަދައެއް ނޯންނާނެ ކަމަށާއި އެބޭފުޅާގެ އަޒުމަކީ ރައްޔިތުންނަށްޓަކައި ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުން ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑަށް ތާއީދު ކުރެއްވުމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެފައިވާތީ އެބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެ ކަމަށް. ދެން މި އިންތިޚާބަކީ ޕާޓީގެ އެތެޜޭގައި ހިނގާ އިންތިޚާބަކަށް ވާތީ، މި ޕާޓީގެ ތެރޭގެ އެންމެ މަސްލަހަތު ހުރިގޮތަކަށް މި އިންތިކާބުގެ ކަންކަން ގެންދިއުމަކީ މި ދަޑިވަޅުގައި އެންމެ މުހިއްމު ކަންކަމުގައި އަޅުގަނޑު ދެކެން. އަދި މި އިންތިޚާބުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މި ރިޔާސީ އިންތިޚާބުގައި ވާދަކޮށް މިހާރު ރާއްޖޭގައި މިއޮތް އަނިޔާވެރި ސަގާފަތް ނިމުމަކަށް ގެނެސް އަޅުގަނޑުމެންގެ ރައްޔިތުންނަށްޓަކައި މި އިންތިޚާބު ކާމިޔާބު ކުރުމަކީ އަޅުގަނޑުގެ މިވަގުތުގެ އެންމެ ބޮޑު އަމާޒު"

ޑރ. ހުސެއިން އިތުރަށް ވިދާޅުވީ ރާއްޖެއަށް މިވަގުތު ކުރަމަތި ވެފައިވާ އަނިޔާވެރި ކަމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ރާއްޖޭގެ ރައްޔިތުން އެދޭ ދުޅަހެޔޮ އަމާން ވެއްޓެއް ގާއިމްކުރަން ޖެހޭނެ ކަމަށާއި ދުނިޔެމަތީގައި ސުވަރުގެ އެއްފަދަ މި ރާއްޖޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބޭ، އަމާން ވެއްޓެއްގައި ދިރިއުޅެވޭ ބަޔަކަށް ވެސް ހަދަން ޖެހޭ ކަމަށެވެ.

ފައިސަލް ވެސް ވަނީ އޭނާ އަށް އެ ފުރުސަތު ދެއްވުމަށް ކައުންސިލް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފައިސަލް ވިދާޅުވީ ދިވެހިރާއްޖެ ޒުވާނުންގެ ގައުމަކަށް ހަދަން ބޭނުންވާ ކަމަށާއި، ގައުމު ވެގެންދާނީ މުސްކުޅިންނަށް އަޅާލައި ކުޑަކުދިންގެ ހައްގުތައް ޔަގީންކޮށްދޭ ގައުމަކަށް ކަމަށެވެ. އެ އާ އެކު ރާއްޖެ އިންސާފުގެ މަގަށް ދަތުރު ކުރުމަށް މިސްރާބު ޖަހާނެ ކަމަށާއި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެއާއެކު ރާއްޖޭގެ ކޮންމެ އާއިލާއަކަށް ވެސް ފަޚުރުވެރިކަމާ އެކު އެ މީހަކު ބޭނުންވާ ތަނެއްގައި، އެމީހަކު ބޭނުންވާ ރަށެއްގައި، އެމީހެއްގެ ވަޒަނުގައި ދިރިއުޅެވޭނެ މަގު ހޯދައިދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. ހުސެއިން އާއި ފައިސަލްގެ އިތުރުން ޖޭޕީގެ ނާއިބު ލީޑަރެއް ކަމަށްވާ އަބްދުﷲ އަމީން ވެސް ވަނީ ރަނިންގ މޭޓް ކަމަށް ކުރިމަތިލައްވާފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި އެޕާޓީން ރަނިންގ މޭޓަކަށް ނެރޭނެ ބޭފުޅަކު އިންތިޚާބުކުރާނެ ކަމަށެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މި މަގާމަށް ޖުމްހޫރީ ޕާޓީގެ ތެރެއިން އިތުރު މެމްބަރުން ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މެމްބަރުންގެ ނަންތަކެއް ސަމީރު ހާމައެއް ނުކުރައްވައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް