ކ. މާލެ
|
11 ޖުލައި 2018 | ބުދަ 17:13
ފިޝަރީސް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ޔޫއެންޑީޕީގެ ބޭފުޅުންނާ އެކު
ފިޝަރީސް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ޔޫއެންޑީޕީގެ ބޭފުޅުންނާ އެކު
ޓްވިޓަރ
ފިޝަރީސް މިިނިސްޓަރ
ފިޝަރީސް މިނިސްޓަރ ޑރ. ޝައިނީ ޔޫއެންޑީޕީއޭގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި
މިނިވަން އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިހާބެއް ބޭއްވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު
އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވޭ

ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޔޫއެންޑީޕީއޭގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

އދ. ގެ ޑިޕާޓްމެންޓް އޮފް ޕޮލިޓިކަލް އެފެއާޒް (ޔޫއެންޑީޕީއޭ)ގެ ބޭފުޅުންނާ މިނިސްޓަރު ޝައިނީ ބައްދަލުކުރައްވައި ވަނީ މިނިވަން އިންސާފުވެރި އަދި ދެ ފުށް ފެންނަ އިންތިހާބެއް ބޭއްވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު ޝައިނީ ޔޫއެންޑީޕީއޭގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ ޔޫރަޕިއަން ޔޫނިއަން އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ހާމަކުރައްވާފައި ވަނިކޮށެވެ. ރައީސް ވަނީ މިމަހުގެ މެދު ތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ދޫނުކޮށް ހިފަހައްޓާނެ ކަންކަން ހުންނާނެ ކަމަށާއި އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައިވާ ނަމަ އެކަންކަމުގައި ﷲ އަށް ވަކީލު ކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯދާނީ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އަދި އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުން ދޫވެފައި ތިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅުތަކަށް އެޅުމަށް އިންޒާރުދީފައިވާ އިރު އެ އިއްތިހާދަށް އިދިކޮޅުން ދައްކާ ވާހަކަތައް މާ މަގްބޫލުކަން ބޮޑު ކަމަށެވެ.

 ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދިނުމާ ގުޅިގެން ސަރުކާރުން ވެސް އެ އިއްތިހާދުގެ ބޭފުޅުންނާ ވާހަކަދައްވަމުންދާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް