ކ. މާލެ
|
11 ޖުލައި 2018 | ބުދަ 17:08
ގައުމީ ޔުނިވާރސީޓީ އާއި ޔޫއެންއެފްޕީއޭ އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ޔުނިވާރސީޓީ އާއި ޔޫއެންއެފްޕީއޭ އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
އާބާދީއާބެހޭ ރިސާރޗް
އާބާދީއާ ގުޅޭ ރިސަރޗްތައް ހެދުމަށް ގައުމީ ޔުނިވާރސިޓީއާ ޔޫއެންއެފްޕީއޭއާ އެކު އެއްބަސްވެއްޖެ
މިއަދަކީ ދުނިޔޭގެ އާބާދީ ދުވަސް
މިއަހަރުގެ ޝިއާރު "އާއިލާ ރޭވުމަކީ އިންސާނީ ހައްގެއް"

އާބާދީއާ ގުޅޭ ރިސާޗުތައް ހެދުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ) އާއި ޔުނައިޑެޓް ނޭޝަންސް ފަންޑް ފޯރ ޕޮޕިއުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ)ގެ ރާއްޖޭގެ ގޮފިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގައުމީ ޔުނިވާރސިޓީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ގައުމީ ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ. ޔޫއެންއެފްޕީއޭގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރ ރިޓްސޫ ނެކަން އެކެވެ.

ގައުމީ ޔުނިވާރސީޓީ އާއި ޔޫއެންއެފްޕީއޭ އިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން 

އެމްއެންޔޫއިން ބުނީ އެ އެއްބަސްވުމަކީ އާބާދީއާ ގުޅޭ ރިސަރޗްތައް ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު ވަރަށް މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ޔޫއެންއެފްޕީއޭއާ ގުޅިގެން ރިސާޗުތައް ކުރިއަށް ގެންދާނެ ކަމަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ވެސް މި އެއްބަސްވުމުގެ ދަށުން ހަރަކާތްތައް ހިންގޭނެ ކަަމަށް އެމްއެންޔޫ އިން ބުނެއެވެ.

އެމްއެންޔޫ އިން ބުނީ މިފަދަ ދިރާސާތަކުގެ މަގްސަދަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ހެކިތަކެއް ހުރެގެން ކަންކަން ކުރުމާއި، ދިރާސާ ކޮށްގެން ސިޔާސަތުތަކަށް ބޭނުންވާނެ މައުލޫމާތު ހޯދުމަކީ މި ފަދަ އެއްބަސްވުންތަކުގެ އަމާޒު ކަމަށެވެ. 

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޔޫއެންއެފްޕީއޭ އާއި ގައުމީ ޔުނިވާރސިޓީ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓެސްޓިކްސް ގުޅިގެން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ By2030 # ހޭޝްޓެގްގެ ދަށުން، 2030 އަންނަންވާއިރަށް ރާއްޖެއިން ދެކެން ބޭނުންވާ ކަންތައްތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ބިލްބޯޑު ވެސް ލޯންޗު ކޮށްފައެވެ.

ދުނިޔޭ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މިއަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "އާއިލާ ރޭވުމަކީ އިންސާނީ ހައްގެއް" މިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް