ކ. މާލެ
|
11 ޖުލައި 2018 | ބުދަ 11:50
ރަންބީރުގެ އާއިލާ ޕެރިހުގައި
ރަންބީރުގެ އާއިލާ ޕެރިހުގައި
ގޫގުލް
ބޮލީވުޑް
ރަންބީރާއި ނުލާ ކަޕޫރު އާއިލާ ޕެރިހުގައި މަޖާކުރަނީ
 
އީފިލް ޓަވަރ ފެންނަ ގޮތަށް ހުރި ރެސްޓޯރެންޓަކަށް ގޮސް ނަގާފައިވާ ފޮޓޯ ތަކެއް ވަނީ ޝެއަރ ކޮށްފަ

ބޮލީވޫޑްގެ ތަރި ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ކަޕޫރުގެ 60 ވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ކަޕޫރު އާއިލާ ވަނީ ފެރިހަށް ގޮސްފައެވެ.

މިހިނގާ ޖުލައި މަހުގެ 8 ގައި ނީތޫ ގެ އުފަންދުވަސް ފާހަގަ ކުރުމަށް ޕެރިހަށް ދިޔަ ރަންބީރުގެ އާއިލާ އަދިވެސް ދަނީ ޕެރިހުގައި މަޖާކުރަމުންނެވެ. އެގޮތުން ކަޕޫރު އާއިލާގެ މެންބަރުން ކަމަށްވާ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީތޫ ކަޕުރާއި، މާމަ ކްރިޝްނާ ރާޖް ކަޕޫރާއި, ދައްތަ ރިއްދިމާ އާއި އޭނާގެ އަންހެން ދަރިފުޅު ސަމާރާ އެކުގައި އީފިލް ޓަވަރ ފެންނަ ގޮތަށް ހުރި ރެސްޓޯރެންޓަކަށް މެންދުރުގެ ކެއުމަށް ގޮސް ނަގާފައިވާ ފޮޓޯ ތަކެއް ނީތޫ ވަނީ ޝެއަރ ކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ އީފިލްޓަވަރ ފެންނާތީ އަދަޔާޚިލާފު އިހުސާސްތަކެއް ކުރެވޭ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ މި އާއިލާ ޑިޒްނީ ލޭންޑަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ވެސް ޝެއާރ ކޮށްފައެވެ. ރިއްދިމާގެ ފިރިމީހާ ބާރަތް ސަހްނީ ޝެއަރ ކޮށްފައިވާ ސަމާރާގެ ފޮޓޯގައި ސަމާރާ ފެނިގެންދަނީ މެޖިކް ކާސަލް އެއްގެ ކުރިމަތީގައި ޑިޒްނީ ޕްރިންސަސް ތަކެއް ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުއްޓިލައިގެން ހުއްޓައެވެ.

މީގެ  އިތުރުންވެސް ބާރަތް ވަނީ ރަންބީރުވެސް ބައިވެރިވި އެ އާއިލާގެ ރޭގަނޑުގެ ކެއުމުގެ ފޮޓޯ ތައްވެސް ޝެއަރ ކޮށްފައެވެ.

ރަންބީރުގެ އެންމެ ފަހުން ރިލީޒްކުރި ފިލްމް "ސުންޖޫ" ވަނީ 270 ކްރޯޑްއަށް އަރާފައެވެ. އަދި އޭނާ މިވަގުތު ދަނީ އާލިޔާ ބަޓް އާއި އެކު ލީޑް ރޯލުން ފެނިގެންދާ އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ ފިލްމް "ބްރަމާސްތްރާ" ގެ މަސައްކަތްތައް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
100%
ކޮމެންޓް